ޑރ. މުހައްމަދު މުއިއްޒު

ދުންފަތް މަނާކުރާ އުމުރު ކަނޑައަޅަން އާންމުންގެ ހިޔާލަށް

ރައީސުލްޖުމްހޫރިޔާ ޑރ. މުހައްމަދު މުއިއްޒު "ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގައި ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅާފައިވާ ޖެނެރޭޝަނަލް ބޭން ކަނޑައަޅާނެ ގޮތަކާ މެދު ރައްޔިތުންގެ ހިޔާލަށް ރައީސުލްޖުމްހޫރިޔާ ޑރ. މުހައްމަދު މުއިއްޒު ޕޯލެއް ހުޅުވާލައްވައިފި އެވެ.

މިއަދު ހުޅުވާލި މި ޕޯލަކީ ރާއްޖޭގެ ރައީސަކު ދައުރުގެ ތެރޭގައި، މުހިއްމު ނިންމެވުމަކާ ބެހޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް މީސް މީޑިއާ މެދުވެރިކޮށް ހުޅުވާލި މިފަދަ ފުރަތަމަ ޕޯލެވެ.

ރައީސް މުއިއްޒުގެ ރަސްމީ "އެކްސް" އެކައުންޓުން ހުޅުވާލައްވާފައިވާ ޕޯލްގައި ވަނީ ޖެނެރޭޝަނަލް ބޭން ކަނޑައެޅުމުގައި އެ މަނިކުފާނު ހުށަހަޅުއްވާ ގޮތްތައް ހިއްސާކުރައްވާފަ އެވެ. އެގޮތުން އެ މަނިކުފާނު ހުށަހަޅުއްވާ ގޮތްތަކުގެ ތެރެއިން ގޮތެއް އިހްތިޔާރު ކުރެއްވުމަށް ޕޯލްގައި ވަނީ އެދިވަޑައިގެންފަ އެވެ.

ރައީސް މުއިއްޒު ހުށަހަޅުއްވާ ގޮތްތައް:

  • 2007 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
  • 2004 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
  • 2000 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން

ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައީސް މުއިއްޒު ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން މިމަހުގެ ދެވަނަ ދުވަހު ރައީސް މުއިއްޒު ވަނީ މިކަމާ ގުޅޭ ކެބިނެޓް ކަރުދާސް ތައްޔާރުކުރުމުގައި ކަމާގުޅޭ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ޑޮކްޓަރުންނާއި އަދިވެސް އެނޫންވެސް ފަރާތްތަކުގެ މަޝްވަރާ ހޯދުމަށް އިރުޝާދު ދެއްވާފައިވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޕޯލަށް ހުޅުވާލެއްވި ތިން ގޮތް ހުށަހެޅުއްވުމުގެ ހިކުމަތަކީ، 18 އަހަރާއި 25 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުން ނުވަތަ ޒުވާނުން އެކަމުގެ ތެރޭގައި އެހާ ގިނަ ދުވަސް ނުވަނީސް އެ ވަބާއިން ސަލާމަތް ކުރަން ފަސޭހަވާނެ ކަމުގައި ވާތީ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910