ދިރާގު

ދިރާގު "ވިން އަ ސްޕީޑް ބޯޓް" ޕްރޮމޯޝަންގެ ގުރުވަތު ނެގުން ބުރާސްފަތި ދުވަހުގެ ރޭ

0%
0%
0%

ދިރާގު "ވިން އަ ސްޕީޑް ބޯޓް" ޕްރޮމޯޝަންގެ ގުރުއަތު ނެގުން މި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފި އެވެ.

ދިރާގުން ބުނި ގޮތުގައި މި ޕްރޮމޯޝަންގެ ގުރުއަތު ނެގުން އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ، 08:00 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.

މިދިޔަ އަހަރުގެ "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ކާމިޔާބީއަށް ފަހު ދިރާގުން ކުރިއަށް ގެންދިޔަ "ވިން އަ ސްޕީޑް ބޯޓް" ޕްރޮމޯޝަންގެ ދަށުން އަލް ޝާލީ މެރިން މަޖެލަން 32 ބޯޓެއް، ޔަމަހާ އައުޓްބޯޑް އިންޖީނާއެކު ލިބުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވާލި އެވެ.

މި ގޮތުން، މި ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ފަރާތުން ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބުނުކަން ދިރާގުން ފާހަގަކުރެ އެވެ. އެގޮތުން މި އިނާމު ހާސިލްކުރާނެ ފަރާތަކީ ކޮބައިތޯ ބެލުމަށް އާންމުންގެ ތެރޭގައި ޝައުގުވެރިކަން ދަނީ އިތުރުވަމުންނެވެ.

އަލް ޝާލީ މެރިން، މަޖެލަން 32 ސްޕީޑްބޯޓަކީ ރާއްޖޭގައި ބޯޓު އުފެއްދުންތެރިކަމުގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ އަލް ޝާލީ މެރިން މޯލްޑިވްސް އިން ފަރުމާކޮށްފައިވާ ލޯންޗެކެވެ. އަދި، މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަށް މި ހައި ސްޕީޑް ލޯންޗާ އެކު 175 ހޯސްޕަވަރުގެ ދެ އައުޓްބޯޑް ޔަމަހާ އިންޖީނު ވެސް ލިބިގެންދާނެ އެވެ.

ޔަމަހާއަކީ ރާއްޖޭގައި 50 އަހަރު ދުވަހުގެ ހިދުމަތުގެ ތަޖުރިބާ ލިބިފައިވާ، ދުނިޔޭގެ ނަން މަޝްހޫރު، އައުޓްބޯޑް އިންޖީނަށް ހާއްސަ ބްރޭންޑެކެވެ.

ދިރާގުން ބުނީ "ވިން އަ ސްޕީޑް ބޯޓް" ޕްރޮމޯޝަންގެ ގުރުވަތު ނެގުމަށް ބާއްވާ ފޯރިގަދަ އިވެންޓުގައި އެކިއެކި ދިވެހި މިއުޒީޝަނުންގެ ލައިވް ހުށަހެޅުންތައް ފެނިގެންދާނެ ކަމަށެވެ. އަދި، މި އިވެންޓް ކުރިއަށްދާނީ، ގިނަ ރަހަތަށް ހިމެނޭ ފުޑް ސްޓޯލްތަކާއި އެކީގައި ކަމަށްވެސް ދިރާގުން ބުނެފައިވެ އެވެ.

ދިރާގުން ދަނީ ކޮންމެ އަހަރަކު ވެސް އެ ކުންފުނީގެ ކަސްޓަމަރުންނަށް މި ފަދަ ހާއްސަ ޕްރޮމޯޝަންތައް ކުރިއަށް ގެންގޮސް، ދިރާގުގެ ކަސްޓަމަރުން ޑިޖިޓަލް ރާއްޖޭގައި ކުރިއެރުމަށް އެހީތެރިވަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910