ޕްރިމިއާ ލީގް

ސަލާހުގެ ދެ ގޯލުން ލިވަޕޫލްއަށް މުހިއްމު މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އާއި ބޯންމައުތު ބައްދަލުކުރި މެޗު ލިވަޕޫލް އިން ކާމިޔާބުކޮށްފި އެވެ.

މި މެޗުގައި ލިވަޕޫލްގެ މިސްރުގެ ތަރި މުހައްމަދު ސަލާހް ވަނީ ދެގޯލު ކާމިޔާބުކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ގޯލު ޖެހީ 30 ވަނަ މިނެޓުގައި ލިވަޕޫލަށް ލިބުނު ޕެނަލްޓީއަކުންނެވެ. ލިބުނު ފުރުސަތުގެ ބޭނުން ހިފައި ސަލާހް ވަނީ އެ ޕެނަލްޓީ ވައްދާލާފަ އެވެ. އޭނާ ދެވަނަ ގޯލު ޖަހާފައި ވަނީ މެޗުގެ 75 ވަނަ މިނެޓުގައި، ކޯޓިސް ޖޯނެސް ދިން ހުރަހަކުންނެވެ.

މިނަތީޖާއާ އެކު ލިވަޕޫލް މިހާރު ވަނީ 23 މެޗުން 56 ޕޮއިންޓް ހޯދައި، ލީގު ޓޭބަލްގެ އެއްވަނައިގައި ހަމަޖެހިލާފަ އެވެ. ދެވަނައިގައި އޮތް އާސެނަލްއަށް 23 މެޗުން ލިބިފައިވަނީ 47 ޕޮއިންޓެވެ.

ބޯންމައުތު މިވަގުތު އޮތީ 24 މެޗުން 40 ޕޮއިންޓް ހޯދައި، ލީގު ޓޭބަލްގެ 7 ވަނައިގަ އެވެ.