ހަބަރު

ގެއެއްގެ ދެވަނަ ބުރިން ބިދޭސީއަކު ވެއްޓި ޒަހަމްވެއްޖެ

Mar 22, 2016

މާލޭގެ ގެއެއްގެ ދެވަނަ ފަންގިފިލާއިން މީހަކު ވެއްޓި ޒަހަމްވެއްޖެ އެވެ. ޒަހަމްވީ ބިދޭސީ ފިރިހެނެކެވެ. އެ މީހާ ވެއްޓިފައި ވަނީ މ. ޕެރީން ވިންކްލްގެ ދެވަނަ ފަންގިފިލާއިންނެވެ.

ވެއްޓި ޒަހަމްތަކެއްވި އެ މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނައިރު އޭނާގެ ހާލު އެހާ ސީރިއަސް ނޫން ކަމަ ވެއެވެ. އެމީހާ ވެއްޓިފައި ވަނީ އެގޭގައި އިމާރާތް ކުރުމުގެ މަސައްކަތެއްގައި އުޅެނިކޮށެވެ.

މި މީހާ ވެއްޓުނުއިރު ވައްކަންކުރަން އުޅުނު މީހަކު ރޭ ވަނީ އިމާރާތަކުން ވެއްޓި މަރުވެފަ އެވެ. އަދި ބްރިޖް މަސައްކަތްކުރާ ސައިޓްގައި އުޅުނު ޗައިނާގެ މީހަކު ވެސް ވަނީ ވެއްޓި ޒަހަމްވެފަ އެވެ.