ކޮޕަ ޑެލް ރޭ

ވެލެންސިއާ ލަދުގަންނަވާލުމަށްފަހު ބާސާ ސެމީއަށް

0%
0%
0%

ވެލެންސިއާ އާއި ބާސެލޯނާ ބައްދަލުކުރި މެޗު 0-5 އިން ބާސެލޯނާ އިން ކާމިޔާބުކޮށް ކޯޕާ ޑެލް ރޭގެ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ.

ލަލީގާގައި އެންމެ ފަހުން ވެލެންސިއާ އާއި ބާސާ މީގެ 11 ދުވަސް ކުރިން ބައްދަލުކުރި މެޗުވެސް ބާސާ ކާމިޔާބު ކުރީ 7-1 ގެ ބޮޑު ތަފާތަކުންނެވެ.

ރޭގެ މެޗު ފެށިގެން އެންމެ ތިން މިނިޓުގެ ތެރޭގައި ބާސާ ޓީމުން ލަނޑު ވަނީ ލަނޑު ޖަހާފަ އެވެ. އަލެހާންޑްރޯ ބަލްޑޭގެ އެހީއާއެކު ފެރަން ޓޯރެސް ޖެހި މި ލަނޑަކީ އޭނާގެ ކުރީގެ ޓީމާ ދެކޮޅަށް ޖެހި ލަނޑެކެވެ. މެންޗެސްޓާ ސިޓީގެ ކުރީގެ ކުޅުންތެރިޔާ 17 ވަނަ މިނިޓުގައި އޭނާގެ ދެވަނަ ލަނޑު ޖެހީ ލަމީން ޔަމާލްގެ ވަރުގަދަ ޝޮޓެއް ގޯލް ޕޯސްޓުގައި ޖެހިފައި ރިބައުންސް ވެގެން އައި ވަގުތު އެވެ.

އޭގެ ފަސް މިނިޓު ފަހުން ފަމިން ލޯޕެޒް ބާސާއަށް އިތުރު ލަނޑެއް ޖަހައިދީފައިވެ އެވެ. ޕައު ކުބަރުސީގެ ދިގު ޕާހަކުން ޖެހި މި ލަނޑަކީ 7-1 އިން މޮޅުވި މެޗުގައި ލޯޕެޒް ޖެހި ފުރަތަމަ ލަނޑާ ވަރަށް އެއްގޮތް ލަނޑެކެވެ. ޓޯރެސް ވަނީ މެޗުގެ 30 ވަނަ މިނިޓުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށް، ބާސާގެ ހަތަރުވަނަ ލަނޑު ޖަހާފަ އެވެ.

ދެވަނަ ހާފުގައިވެސް މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނީ ބާސެލޯނާ އެވެ. ވެލެންސިއާގެ ގޯލްކީޕަރު ސްޓޯލް ޑިމިޓްރިއެވްސްކީގެ ބޮޑު މިސްޓޭކަކުން ޔަމާލް އަށް ބާސާގެ ފަސްވަނަ ލަނޑު ޖެހުމުގެ ފުރުސަތު ލިބުނެވެ.

މެޗުގެ އެންމެ ފާހަގަކުރެވުނު ކަމަކީ ދާނީ އޮލްމޯ އަދި އީނިގޯ މާޓިނެޒް ކުޅުމުގެ ތެރެއަށް އަނބުރާ އައުމެވެ. އަނިޔާ އިން ރަނގަޅުވުމަށްފަހު މި ދެ ކުޅުންތެރިންނާއެކު ސީޒަންގެ ފަހު ހަތަރު މަސް ދުވަހަށް ހާންސި ފްލިކްގެ ޓީމު އިތުރަށް ވަރުގަދަވެގެން ދާނެކަމަށް ބެލެވެ އެވެ.

ބާސެލޯނާ އާއި އަދި ސެމީއަށް ދިޔަ އެހެން ޓީމުތަކުންވެސް މިހާރު އިންތިޒާރު ކުރާނީ ސެމީ ފައިނަލްގެ ގުރުއަތުލުމަށެވެ. ރެއާލް މެޑްރިޑް، އެޓްލެޓިކޯ މެޑްރިޑް އަދި ރެއާލް ސޮސިއެދާޑް އިން ކޮންމެ ޓީމަކާ ދިމާވިޔަސް، މިހާރު ރަނގަޅު ފޯމެއްގައި އޮތް ބާސާ ބަލިކުރަން ފަސޭހައެއް ނުވާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910