އިޒުރޭލާ އެކު އެއްބަސްވި ގޮތަށް އަސީރުން ދޫކުރެވެން ނެތް ކަމަށް ހަމާސްއިން ބުނެފި އެވެ. ސަބަބެއް ކަމަށް ބުނީ އިޒުރޭލުން އެއްބަސްވުންތަކާ ޚިލާފުވެފައި ވާތީ ކަމަށެވެ.
ހަމާސްގެ ތަރުޖަމާން އަބޫ އުބައިދާ ބުނި ގޮތުން އިޒުރޭލުން ދަނީ ސުލްހައިގެ އެއްބަސްވުންތަކާ ޚިލާފުވަމުންނެވެ. މޭޒު ދޮށުން އެއްބަސްވި ގޮތަށް، އިޒުރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީންގެ ހަނގުރާމަވެރިން ދޫނުކުރާ ކަމަށްވެސް ތަރުޖަމާން ބުންޏެވެ.
ޣައްޒާއިން ފައިބައިގެން ދިޔަ މީހުން އެނބުރި އަންނައިރު އިޒުރޭލުން ހުރަސްނާޅާނެ ކަމަށް ބުނި ނަމަވެސް، ފެންނަނީ އެ މަންޒަރު ނޫން ކަމަށް އަބޫ އުބަދައިދާ ބުންޏެވެ.
ފަލަސްތީންގެ އާންމުގެ ގަޔަށް ބަޑިޖެމާއި މީހުން މެރުން އަދި އެހީ ހިފައިގެން އަންނަ ޣާފިލާތަކަށް ހުރަސްއެޅުން ފަދަ ކިތަންމެ ކަމެއް އިޒުރޭލުން ކުރަމުން އަންނަ ކަމަށް ޓެލެގްރާމް އެނައުސްމަންޓެއްގައި ތަރުޖަމާން ވަނީ ބުނެފަ އެވެ.
ހަމާސްއިން ކުރަން ބުނި ހުރިހާ ކަމެއް ކުރަމުން ދާޢިރު، ސުލްހައިގެ އެއްބަސްވުމަށް އިޒުރޭލުން ތަބާނުވާ ކަމަށްވެސް ތަރުޖަމާން ބުންޏެވެ.
އަބޫ އުބައިދާ އަދި ބުނީ ހަމާސްގެ ވިސްުމަކީ އަސީރުންގެ ގޮތުގައި ހިފަހައްޓާފައި ތިބި ހުރިހާ މީހުން ދޫކޮށްލުން ކަމަށެވެ. އެކަމަކު އެ ގޮތަށް ކަންތައްތައް ކުރިއަށް ދާނީ އިޒުރޭލުން ވެސް ކަމަށް ކަމޭ ހިތާ ނަމަ ކަމަށް އޭނާ ބުންޏެވެ.
އަސީރުން ދޫކޮށްލުމަށް ހަދާފައި އޮތް އެއްބަސްވުމަށް ހަމާސްއިން އިހުތިރާމްކުރާނެ ކަމަށް އެ ޖަމާއަތުން ބުންޏެވެ. އަސީރުން ދޫކޮށްލުމުގައި ތަދިތަކެއް ހުރި ނަމަވެސް، އެއްބަސްވުން ބޮލާލައި ނުޖަހާނެ ކަމަށް ވެސް ހަމާސްއިން ވަނީ ބުނެފަ އެވެ.