ދުނިޔެ

ނަތަންޔާހޫ އަލުން ހަނގުރާމަ ފަށައިފި، އަސީރުންނަށް އޮތީ މަރު: ހަމާސް

އިޒުރޭލުގެ ފައިޓަރު ޖެޓުތައް ވައިގެ ތެރޭގައި ފަރިތަކުރުންތަކެއްގައި -- ހަމާސްއާ އެކު ހަދާފައި އޮތް އެއްބަސްވުން އުވާލައި ނަތަންޔާހޫގެ އަމުރަށް ޣައްޒާ ހަމަލާތައް އަލުން ވަނީ ފަށާފައި
0%
0%
100%

އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް -- ހަމާސްއާ އެކު ހަދާފައި އޮތް ސުލްހައިގެ އެއްބަސްވުން އުވާލައި -- އަނެއްކާވެސް ޣައްޒާއަށް ހަމަލާދޭން ފަށައިފި އެވެ.

ޣައްޒާ ހަމަލާތައް އަލުން ފަށާފައި މި ވަނީ ކޮރަޕްޝަނާ ގުޅުންހުރި ދައުވާތަކެއްގައި އިޒުރޭލުގެ ކޯޓަށް ހާޒިރުވުމަށް ނަތަންޔާހޫއަށް އަންގާފައި އޮތް ދުވަހާ ދިމާވާ ގޮތަށެވެ.

ފަލަސްތީންގެ އިދާރާތަކުން ބުނާ ގޮތުން އިޒުރޭލުން ދިން ވައިގެ ހަމަލާތަކުގައި، ފަސް ގަޑިއިރު ތެރޭގައި ޣައްޒާއިން 322 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ސުލްހައިގެ އެއްބަސްވުން އުވާލައި، ނަތަންޔާހޫ ހަނގުރާމަ އިޚުތިޔާރުކުރެއްވުމަކީ އަސީރުންނަށް ހިތާމަވެރި ޚަބަރަކަށް ވާނެ ކަމަށް ހަމާސްއިން ވަނީ ބުނެފަ އެވެ. ހަމާސްގެ އަތްދަށުގައި ތިބި ޔަހޫދީންނަށް އޮތީ މަރު ކަމަށްވެސް އެ ޖަމާއަތުން ބުންޏެވެ.

ޣައްޒާއަށް އަލުން ހަމަލާތައް ފަށާފައިވާ ކަމަށް އިޒުރޭލުގެ އަސްކަރިއްޔާއިން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. ހަމާތައް އަމާޒުކުރަނީ ހަމާސްގެ ބިންގަރާސްތަކަށާއި، ހަމާސްއާ ގުޅުން ހުރި ބިނާތަކަށް ކަމަށް އިޒުރޭލުގެ ދިފާއީ ބާރުތަކުން ވަނީ ބުނެފަ އެވެ.

ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ޣައްޒާ ހަމަލާތައް އަލުން ފަށަން ޖެހުނީ ހަމާސްއިން ގޮތް ދޫނުކުރުމެވެ.

އެމެރިކާ އާއި އަރަބި ދައުލަތްތަކުން އިސްނަގައިގެން -- އިޒުރޭލާ، ހަމާސްއާ ދެމެދު ހެދި ސުލްހައިގެ އެއްބަސްވުމަށް ހަމާސްއިން އިހުތިރާމް ނުކުރާ ކަމަށް ޔަހޫދީން ބުނެ އެވެ.

އެއްބަސްވުމުގެ ދަށުން ދޫކޮށްލަން ޖެހޭ އަސީރުން ދޫނުކޮށް ހަމާސްިން ވަގުތު ނަގާލަން މަސައްކަތްކުރާ ކަމަށްވެސް އިޒުރޭލުން ތުހުމަތުކުރެ އެވެ.

ހަމާސްގެ އޮފިޝަލުން ބުނާ ގޮތުން ސުލްހައި އެއްބަސްވުމުގެ ދަށުން އިޒުރޭލުން ކުރަންޖެހޭ އެއްވެސް ކަމެއް ޔަހޫދީން ނުކުރެ އެވެ.

ޣައްޒާއަށް އެހީ ވެއްދުން ހުއްޓުވައި، ބޭސްފަރުވާ ދިނުމަށް ބޭނުންވާ ވަސީލަތްތައް ހިފަހައިޓައި ޖެއްސުންކުރާ ކަމަށްވެސް ހަމާސްއިން ބުންޏެވެ.

އިޒުރޭލުގެ ދިފާއީ ބާރުތަކުން ބުނާ ގޮތުން ހަމަލާތައް ކުރިއަށް ގެންދާކަށް އެމެރިކާއަށް ވެސް އޮންނާނީ އަންގާފަ އެވެ. އަދި އިޒުރޭލު ބޭނުންވާ މަގާމުތައް ހާސިލުވަންދެން ހަމަލާތައް ކުރިއަށް ގެންދިއުން މައްސަލައެއް ނެތް ކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ.

Send us your opinion
Sign in or register to be part of avas community
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345