ހދ. ކުޅުދުއްފުށީގައި ސިހުރު ހެދުމުގެ މައްސަލަ ބޮޑުވެ ބައެއް ތަންތަން ބަލައި ފާސްކުރަން ފަށައިފި އެވެ.
ފުލުހުން ކުރިއަށް ގެންދާ މި އޮޕަރޭޝަންގައި 10 ތަނެއް ބަލައި ފާސްކުރުމަށް ހަމަޖެހިފައިވެ އެވެ.
ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ އިތުރު ތަފްސީލް ފުލުހުން ހިއްސާކޮށްފަ އެވެ.
ކުޅުދުއްފުށި ބައެއް ތަންތަން ބަލައި ފާސްކުރަން ފަށާފައި މިވަނީ ސިހުރު ހެދުމުގެ ގިނަ މައްސަލަތަކެއް ހުށަހެޅުމާ ގުޅިގެން ކަމަށް އެނގިފައިވެ އެވެ.