މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންގެ ބަންދުގައި ހުރި މީހަކު އަމިއްލައަށް މަރުވާން އުޅެފި

ހދ. ކުޅުދުއްފުށި ސިޓީ
0%
0%
0%

ފުލުހުންގެ ބަންދުގައި ހުރި މީހަކު އަމިއްލައަށް މަރުވާން މަސައްކަތްކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި އަމިއްލައަށް މަރުވާން މަސައްކަތްކުރީ ކުޅުދުއްފުށި ސިޓީ ޕޮލިސް ކަސްޓޯޑިއަލްގައި ހައްޔަރުކޮށްފައި ހުރި މީހެކެވެ.

އޭނާ ރޭ 9:12 ހާއިރު އަމިއްލައަށް މަރުވާން މަސައްކަތްކުރުމާއި ގުޅިގެން ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ މީހާއަކީ މަސްތުގެ ހާލަތުގައި ހުރެގެން ގޭގެ މުދަލަށް ގެއްލުންދީ ހަމަނުޖެހުން ހިންގި މައްސަލައަކާ ގުޅިގެން މިމަހުގެ ދެވަނަ ދުވަހު ހައްޔަރުކުރި އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއެކު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މި ހާދިސާގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މީގެ އިތުރުން މި ހާދިސާގެ ތަހުގީގަށް މޭޖާ ޕްރައިމް އިންވެސްޓިގޭޝަންގެ ޓީމެއް ކުޅުދުއްފުށި ސިޓީއަށް ފޮނުވުމަށް ނިންމާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވާ ގޮތުގެ އެތެރޭގެ ތަހުގީގެއް ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ހާއްސަ އިސްކަމެއް ދީގެން ކުރަމުންދާ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910