އާދަމް ޝަރީފު އުމަރު

މަސްދަޅު ކޭސް ބަހަން ދޫކުރާ ޓޯކަން އިތުރުކުރަނީ

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހަނީ -- ފޮޓޯ: އަހުމަދު އަޒާން | އަވަސް
0%
0%
0%

ރޯދަމަހުގެ އިނާޔަތެއްގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދޭ މަސްދަޅު ކޭސް މާލެ ސަރަހައްދުގައި ދޫކުރަން ދޭ ޓޯކަން ނަންބަރު އިތުރުކުރަން ނިންމައިފި އެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރަން ފެށީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެވެ. މަސްދަޅު ކޭސް ދޫކުރަން ފެށުމާއެކު ގިނަ ބަޔަކު ކިޔުގައި ޖެހި ގިނަ ވަގުތު ހޭދަކުރަން ޖެހުމުން އެކަމުގައި ލުއި ފަސޭހަ އިންތިޒާމުތައް ހަމަޖައްސައިދިނުމުގެ ގޮތުން އިއްޔެ އިން ފެށިގެން ޓޯކަން ނަންބަރު ދޫކުރަން ފެށި އެވެ.

ސިޓީސް އެންޑް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު މިއަދު ވިދާޅުވީ މަސްދަޅު ކޭސް ދޫކުރުމުގެ ކަންކަން ރޭ ވަރަށް އޮމާންކޮށް އަދި ފަސޭހަ އިންތިޒާމުތަކެއްގެ ތެރެއިން ކުރިއަށް ގެންދެވުނު ކަމަށެވެ. އަދި އިތުރަށް ފަސޭހަކޮށް ދިނުމުގެ ގޮތުން މިރޭ ޓޯކަން ދޫކުރަން އަލުން ފަށާއިރު ބައެއް ބަދަލުތައް ގެންނަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ގެންނަ ބަދަލުތައް

  • ކޮންމެ މަރުކަޒަކަށް ދޫކުރާ ޓޯކަންގެ އަދަދު ރެޔަށްވުރެ އިތުރުކުރުން،
  • މިހާރު ޓޯކަން ނަގާފައިވާ މީހުންގެ ތެރެއިން ފަހުގެ ތާރީހަކަށް ޓޯކަން ލިބިފައިވާ ފަރާތްތައް، ތާރީހު އަވަސްކޮށް ރީޝެޑިއުލްކުރުމުގެ ފުރުސަތު ދިނުން،
  • ޓޯކަން ނެގުން ފަދަ ކަމެއްގައި ހައްލުކޮށްލަންޖެހޭ ފަދަ ކަމެއް ކުރިމަތިވާ ފަރާތްތަކަށް އެއް ދިމާލަކުން އެކަމަށް އަޅާލައި، އެކަން ހައްލު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.

މިނިސްޓަރު ވިދާޅުވީ މިރޭ ޓޯކަން ދޫކުރަން ފަށާއިރު މިހާރު ޓޯކަން ލިބިފައިވާ މީހުންނަށް ހަމަ އެ ޓޯކަންއަށް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

"ސަރުކާރުގެ އަމާޒަކީ ރޯދަމަހުގެ ކުރިން ހުރިހާ ފަރާތްތަކަށް ރޯދަ ހަދިޔާ ލިބޭނެ އިންތިޒާމު ހަމަޖެއްސުންކަމަށްވުމާއެކު، ހުރިހާ ގޭބިސީއަކަށް ލިބެންދެން ކުރިޔަށްދާނެކަމުގެ ޔަގީންކަން އަރުވަން. ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބޭނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910