ދިރާގު

ދިރާގުން ރާއްޖޭގެ ފުރަތަމަ ޓިއާ-4 ޑޭޓާ ސެންޓަރު ހުޅުވައިފި

ރާއްޖޭގެ ފުރަތަމަ ޓިއާ-4 ސެޓިފިކޭޝަން ހޯދާފައިވާ ޑޭޓާ ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތު -- ފޮޓޯ: ދިރާގު
0%
0%
0%

ދިރާގުން ރާއްޖޭގެ އެންމެ ފުރަތަމަ ޓިއާ-4 ސެޓިފިކޭޝަން ހޯދައިފައިވާ ޑޭޓާ ސެންޓަރު ކަމުގައިވާ ދިރާގު ހުޅުމާލެ ޑޭޓާ ސެންޓަރު ހުޅުވައިފި އެވެ.

ޓިއާ 4 ސެޓިފިކޭޝަނަކީ އަޕްޓައިމް އިންސްޓިޓިއުޓް އިން ޑޭޓާ ސެންޓަ ރިލައިބިލިޓީއަށް ކަނޑައަޅައިފައިވާ އެންމެ މަތީ މިންގަނޑެވެ.

އަޕްޓައިމް އިންސްޓިޓިއުޓް އިން ދޭ މި ސެޓިފިކޭޝަން އަކީ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު، އެންމެ އިތުބާރު ކުރެވޭ ޑޭޓާ ސެންޓަރުތަކަށް ދޭ ސެޓިފިކޭޝަނެކެވެ.

މި ސެޓިފިކޭޝަނަކީ ދިރާގު ކަސްޓަމަރުންނަށް އިތުބާރު ހިފޭ، ދުނިޔޭގެ ފެންވަރުގެ އެންމެ މަތީ ފަންތީގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ފުރަތަމަ ޓިއާ-4 ސެޓިފިކޭޝަން ހޯދާފައިވާ ޑޭޓާ ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އިހްސާން އާއި ދިރާގުގެ އިސްވެރިން އެ ސެންޓަރު ބައްލަވާލައްވަނީ -- ފޮޓޯ: ދިރާގު

މި ޒަމާނީ ޑޭޓާ ސެންޓަރާއެކު ދިރާގުން ވަނީ ރާއްޖޭގެ ޑޭޓާ ސެންޓާ އިންފްރާސްޓްރަކްޗާ ހުންނަންޖެހޭ މިންގަނޑު އިތުރަށް ހަރުދަނާކޮށްދީފަ އެވެ.

ދިރާގު ހުޅުމާލެ ޑޭޓާ ސެންޓަރު އިފްތިތާހު ކޮށްދެއްވައިފައިވަނީ، ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހްސާން އެވެ.

މި ހަފްލާގައި މިނިސްޓަރު އިހްސާން ވަނީ ރާއްޖޭގެ ފުރަތަމަ ޓިއާ-4 ސެޓިފައިޑް ޑޭޓާ ސެންޓަރު ދިރާގުން ހުޅުވުމަކީ ތާރީހީ ކުރިއެރުމެއް ކަމުގައި ވިދާޅުވެފަ އެވެ.

ރާއްޖޭގެ ފުރަތަމަ ޓިއާ-4 ސެޓިފިކޭޝަން ހޯދާފައިވާ ޑޭޓާ ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އިހްސާން ވާހަކަ ދައްކަވަނީ -- ފޮޓޯ: ދިރާގު

"ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުން މި ދަނީ ރާއްޖޭގެ ވިޔަފާރިވެރިންނަށް އެންމެ ރަނގަޅު ހިދުމަތްތައް ފޯރުކޮށްދޭނެ ވަސީލަތްތައް ހޯދައި ދިނުމަށް. މި ގޮތުން، ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ޑިޖިޓަލް އިކޮނޮމީ ވަރުގަދަ ކުރުމަށްޓަކައި ޑިޖިޓަލް އިންފްރާސްޓްރަކްޗާ ވަރުގަދަ ކުރުމަށް ދަނީ މަސައްކަތްތަކެއް ކުރަމުން. ދިރާގުން މި ހޯދި ކާމިޔާބީއާއެކު، މި ކަމުގައި މިހާރު ދިވެހިރާއްޖެ ވެސް މި ތިބީ ދުނިޔޭގެ އެހެން ގައުމުތަކާ އެއް ހަމައެއްގައި،" އިހްސާން ވިދާޅުވި އެވެ.

މި ހަފްލާގައި ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގުން ރާއްޖޭގެ އެންމެ ފުރަތަމަ ޓިއާ-4 ސެޓިފިކޭޝަން ހޯދައިފައިވާ ޑޭޓާ ސެންޓަރު ހުޅުވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް އަދި ޝަރަފެއް ކަމަށެވެ.

"ޓިއާ-4 ގެ ޑޭޓާ ސެންޓަރެކޭ ބުނުމުން ދޭހަވަނީ، މި ޑޭޓާ ސެންޓަރަކީ، އިންފްރާސްޓްރަކްޗާއަށް ބެލިއަސް، ރިލައިބިލިޓީއަށް ބެލިއަސް، ސެކިއުރިޓީއަށް ބެލިކަމުގައި ވިއަސް، މިއީ އެންމެ މަތީ މިންގަނޑުތަކަށް ހެދިފައި ހުރި ޑޭޓާ ސެންޓަރެއްކަން. މީގެ ސަބަބުން، ވިޔަފާރިވެރީންގެ ވިޔަފާރިތަކުގެ ބިޒްނަސް ކޮންޓިނިއުޓީ އިތުރަށް ވަރުގަދަކޮށް، ކްލައުޑް ސާވިސަސް ބޭނުންކުރާ ފަރާތްތަކާއި، އެކި ކަހަލަ އެޕްލިކޭޝަންތައް ބޭނުން ކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ،" އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ ފުރަތަމަ ޓިއާ-4 ސެޓިފިކޭޝަން ހޯދާފައިވާ ޑޭޓާ ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވާހަކަ ދައްކަވަނީ -- ފޮޓޯ: ދިރާގު

މި ސެޓިފިކޭޝަންއާ އެކު، ދިރާގުން މި ވަނީ ދިރާގުގެ ކްލައުޑް އައިއޭއޭއެސް ގެ އިތުބާރު ހިފޭ މިންވަރު، ސެކިއުރިޓީ އަދި ރެޒިލިއެންސް މިންގަނޑުތައް ވަރުގަދަކޮށް، ވިޔަފާރިކުރުމުގައި އަދި މުހިންމު އެޕްލިކޭޝަންތައް ބޭނުންކުރުމަށް ވިޔަފާރިވެރިން އިތުރަށް ބާރުވެރިކޮށްދީފަ އެވެ.

މިކަމުގެ ސަބަބުން، ވިޔަފާރިވެރިންނަށް ޒަމާނީ ހިދުމަތްތައް އެންމެ ރަނގަޅު އަގުތަކުގައި ލިބި، ބަދަލުވަމުންދާ ޑިޖިޓަލް އިކޮނޮމީގައި ކުރިއަރައިގެން ދިއުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.

ދިރާގުން ދަނީ ދިވެހިރާއްޖޭއަށް އެންމެ ފަހުގެ ޓެކްނޮލޮޖީގެ ޒަރިއްޔާއިން އެންމެ ވަރުގަދަ ހިދުމަތްތައް ތައާރަފްކޮށް ރާއްޖޭގެ ޑިޖިޓަލް އިކޮނޮމީ ހަރުދަނާކުރުމަށް ކުރާ މަސައްކަތުގައި އެންމެ ކުރީސަފުގައި ހަރަކާތްތެރިވަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910