އޮލިމްޕަހުގައި މިއަހަރު ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވާ ފުރަތަމަ ފިލްމު -- "އަބަދަށް"ގެ ޓީޒާ ދައްކާލައިފި އެވެ.
މި ފިލްމު ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޭޕްރީލް 28 ވަނަ ދުވަހު އެވެ.
ފިލްމުގެ މައިގނޑު ތަރިންނަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި، އިސްމާއީ ރަޝީދު (ކޮޕީ އިއްސެ)އާއި، ވާޝިޔާ މުހައްމަދާއި، ޝާރިފް އަހްމަދުގެ އިތުރުން ސޫޒަން އިބްރާހީމްފުޅެވެ.
އަބަދަށް ޑައިރެކްޓް ކޮށްފައިވަނީ މީގެކުރިން ކާމިޔާބު ފިލްމުތަކެއް ޑައިރެކްޓް ކޮށްފައިވާ މޫމިން ފުއާދު އެވެ.
މޫމިން ޑައިރެކްޓް ކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ލޫދިފާ، ހޭޕީ ބާތުޑޭ އަދި ނިވައިރޯޅި ހިމެނެ އެވެ.
އަބަދަށް އަކީ ނޫރު އެން މޫވީސް އިން ބެލުންތެރިންނަށް ގެނެސްދޭ ފިލްމެކެވެ.