ވިޔަފާރި

މީޑިއާނެޓު އާއިލީ ހަވީރުގެ އެންމެ ގިނަ ލައިކް ތުއްތު ކުއްޖަކަށް

Jan 29, 2015

މުޅިރާއްޖެ އަށް ކޭބަލް ޓީވީގެ ހިދުމަތް ދެމުން ގެންދާ މީޑިޔާ ނެޓުން ބޭއްވި އާއިލީ ހަވީރުގެ އެންމެ ގިނަ ލައިކް ތުއްތު ކުއްޖަކު ހޯދައިފި އެވެ.

މީޑިޔާ ނެޓުން މި މަހުގެ 16 ވަނަ ދުވަހު އާޓިފިޝަލް ބީޗުގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި ތަފާތު ގިނަ ހަރަކާތްތަކެއް ހިންގާފައިވެ އެވެ. މި ހަރަކާތްތައް ކުރިއަށް ދިޔައިރު އިންސްޓްގަރާމްއަށް މީޑިޔާނެޓުގެ ހޭޝް ޓެގާއިއެކު ފޮޓޯލުމުގެ މުބާރާތެއް ވެސް ބޭއްވި އެވެ. މި މުބާރާތުން އެންމެ ގިނަ ލައިކް ހޯދާފައިވަނީ ހަތަރު އަހަރުގެ، ނައުފު އަލީ އެވެ. އޭނާއަށް 2531 ލައިކް ލިބިފައިވެ އެވެ.

އޭނާއަށް އިނާމެއްގެ ގޮތުގައި މީޑިޔާ ނެޓުން ދީފައިވަނީ އެޗްޑީ ޑީކޯޑަރެކެވެ. މި ޑީކޯޑަރަކީ މީޑިޔާނެޓުން އެންމެ ފަހުން ތައާރަފުކޮށް ވިއްކަމުން ގެންދާ ރިސީވަރެވެ.