ހަބަރު

ކާށި ހޮވަން ފަޅުރަށަކަށް ދިޔަ މީހަކު ގެއްލިގެން ހޯދަނީ

Mar 23, 2016
1

ކާށި ހޮވަން ފަޅުރަށަކަށް ގޮސް އުޅުނު އުމުރުން ދުވަސްވީ މީހަކު ވީ ނުވީއެއް ނޭނގި ގެއްލިފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން ބުނީ ކާޑެއްދޫ ކައިރީ އޮންނަ ރަހަދޫ ކިޔާ ފަޅުރަށަށް ގޮސް އުޅުނު 85 އަހަރުގެ ފިރިހެނަކު ގެއްލިފައިވާކަމަށް ރިޕޯޓް ކުރީ މިއަދު ހަވީރު 4:00 އެހާކަން ހާއިރު ކަމަށެވެ. އަދި އެ ވަގުތުން ފެށިގެން ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގައި ތިބޭ ފުލުހުން އަންނަނީ އެ ރަށުގައި ހަރަކާތްތެރިވަމުން ކަމަށް ފުލުހުން ބުންޏެވެ.

އެމީހާ ހޯދުމަށް ކުރާ މަސައްކަތުގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުންދާއިރު އާއްމުންގެ ތެރެއިން ގިނަ ބަޔަކު ވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް ފުލުހުން ބުންޏެވެ. އެމީހާ ހޯދުމަށް ކުރާ މަސައްކަތުގައި ރަށު ތެރެ ބެލުމުގެ އިތުރަށް އެ ރަށުގެ މޫދު ވެސް ބެލުމަށް ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުންޏެވެ.