ދުނިޔޭގެ ބާޒާރަށް ގައުމުތަކުން ނެރޭ މުދަލުން ޓެކްސް ނެގުމުގައި އެމެރިކާ ގެންގުޅޭ ހަރުކަށި އުސޫލަށް ތާއީދުނުކުރައްވާ ކަމަށް ޖަޕާންގެ ކެބިނެޓް ސެކްރެޓަރީ ޔޮޝިމާ ހަޔާސީ ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ސަބަބުން މާކެޓު އަގުތައް ރޫޅިގެން ދިއުމަކީ އެދެވޭ ސިފައެއް ނޫން ކަމަށްވެސް ސެކްރެޓަރީ ވިދާޅުވި އެވެ.
އެމެރިކާއަށް މުދާ އެތެރެކޮށް އަގުބޮޑުކޮށް ވިއްކަން ޖެހުމުގެ ސަބަބުން އެކަމުގެ ނުތަނަވަސްކަން ތަޖުރިބާކުރަން ޖެހެނީ އެމެރިކާގެ ރައްޔިތުން އެކަނި ނޫން ކަމަށްވެސް ޔޮޝިމާ ވިދާޅުވި އެވެ.
ޖަޕާނާ އެމެރިކާއާ ދެމެދު އޮންނަ ޒަމާންވީ ގުޅުމަށް ބުރޫއަރާ ވަރުގެ ކަމެއް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނުކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ކެބިނެޓް ސެކްރެޓަރީ ވިދާޅުވި އެވެ.
ޖަޕާންގައި އުފައްދައި އެެމެރިކާއަށް އެތެރެކުރާ ބާވަތްތަކުން ޓެކްސް ބޮޑުކުރުމުން، މިހާރު ވަރަށް ހަރުދަނާކޮށް ހުރި މާކެޓް އަގުތައް ވެގެންދާނީ ބޮޑު ތަކުލީފަކަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވިސްނާފައި އޮތީ ޖަޕާނުން އެތެރެކުރާ ދަގަނޑާއި އެލުމިނިއަމްގެ އިތުރު ބައެއް ތަކެތިންވެސް ޓެކްސް ބޮޑުކުރާ ގޮތަށެވެ.
ޖަޕާންއާ މެދު މި ނޫން ގޮތަކަށް އެމެރިކާ ސަރުކާރުން މުއާމަލާތްކުރަން އެދޭ ނަމަ ޖަޕާނަށް އޮތީ -- އެމެރިކާއިން ޖަޕާނަށް އެތެރެކުރާ މުދަލުން މިހާރު ނަގާ އިތުރު ޓެކްސްތައް ކަނޑާލުމެވެ.