ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަލުން ހުޅުވާލައިފި

ސުޕްރީމް ކޯޓު -- ފޮޓޯ: އަވަސް
0%
0%
0%

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި އެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ހޯދަން އެންމެ ފުރަތަމަ އިއުލާން ކުރީ މިމަހުގެ 10 ވަނަ ދުވަހު އެވެ. އެ ފުރުސަތު ހުޅުވާލީ މިއަދު ހެނދުނު 11:00ގެ ނިޔަލަށެވެ.

ހުޅުވާލި ފުރުސަތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ހަމައެކަނި ބޭފުޅަކީ ކުރީގެ ފަނޑިޔާރު އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް ނިހާޔަތު އެވެ.

އެހެންވެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އެކަށީގެންވާ ވަރަށް އެޕްލިކޭޝަން ލިބިފައިނުވާ ކަމަށް ބުނެ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިހާރު ވަނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 10:00ގެ ނިޔަލަށް ދެވަނަ ފަހަރަށް އެ ފުރުސަތު ހުޅުވާލާފަ އެވެ. އެކަމަކު ފުރަތަމަ ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ފަރާތުން އަލުން ހުށަހަޅަން ނުޖެހޭނެ ކަމަށްވެސް އިއުލާންގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ޝަރުތުތައް

  • އުމުރުން 30 އަހަރު ވެފައިވާ މީހަކު ކަމުގައިވުން
  • އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުން
  • ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ސުޕްރީމް ކޯޓުގައި ބެންޗު އެކުލެވިގެން ވަނީ ހަތް ފަނޑިޔާރުންގެ މައްޗަށް ކަމަށްވީ ނަމަވެސް އެ ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ކުރިން ހުންނެވި ހުސްނުއްސުއޫދުގެ މައްސަލައެއް އޭސީސީއާއި ޖޭއެސްސީ އިން ބަލަން ފެށުމުން އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށްވާ މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްސަލައެއް އޭސީސީއާއި ޖޭއެސްސީ އިން ބަލަމުންދާތީ ޖޭއެސްސީ އިން ވަނީ އެ ދެ ބޭފުޅުން ސަސްޕެންޑްކޮށްފަ އެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ހޯދަނީ ސުއޫދު އިސްތިއުފާ ދެއްވުމުން އޭނާގެ ބަދަލުގައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345