ހަބަރު

އިމްރާން ހުކުމުގެ އިސްތިއުނާފު ހައިކޯޓްގައި ފަށައިފި

Mar 24, 2016

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ޖަލު ހުކުމުގެ އިސްތިއުނާފުގެ ޝަރީއަތް ހައިކޯޓްގައި މިއަދު ފަށައިފި އެވެ.

ހައިކޯޓްގައި މިއަދު އޮތީ މައްސަލަ ފަށައި ދެ ފަރާތުން މައްސަލަ ހުށަހެޅުމެވެ. އިމްރާންގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރި 12 ކަމެއް ވަނީ ފާހަގަ ކޮށްފަ އެވެ. އިމްރާންގެ މައްޗަށް ކޮށްފައި ވަނީ 12 އަހަރުގެ ޖަލު ހުކުމެކެވެ. އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުވީ، މޭޑޭގައި ބޭއްވި މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް އިމްރާން ދެއްކެވި ވާހަކަތަކުން ހަމަނުޖެހުން އުފެދި ދައުލަތާއި އާންމުންގެ މުދަލަށް އެކިވަރުގެ ގެއްލުން ވެފައިވާތީ އެވެ.