ދުނިޔެ

އީލޮން މަސްކްގެ ސްޓާލިންކް ޕާކިސްތާނަށް

0%
0%
0%

އެމެރިކާގެ މަޝްހޫރު ވިޔަފާރިވެރިޔާ އީލޮން މަސްކްގެ ސްޕޭސްއެކްސްއިން އިންޓަނެޓް ސެޓެލައިޓްތައް ޕާކިސްތާނަށް ފޯކަަސްކުރަނީ އެވެ. އެ ގައުމަށް ސްޓާލިންކް އިންޓަނެޓް ދިނުމަށްޓަކައި، އެ ގައުމުގެ އިދާރާތަކުން ބޭނުންވާ ހުރިހާ ހުއްދައެއް އީލޮން މަސްކަށް މިހާރު ވަނީ ލިބިފަ އެވެ.

ޕާކިސްތާންގެ ސްޕޭސް އެކްޓިވިޓީޒް ރެގިއުލޭޓަރީ ބޯޑުން ސްޓާލިންކަށް ދިން ހުއްދައިގެ ދަށުން މުޅި ޕާކިސްތާނަށް ސްޓާލިންކް އިންޓަނެޓް ދިނުމަށް މިހާރު އޮތީ ލޯކަލް ޕާޓްނަރުން ހޮވުމާ ހިސާބުގަ އެވެ.

ޕާކިސްތާންގެ ރަސްމީ އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ކުރިއަށް އޮތް ދެތިން ހަފުތާ ތެރޭގައި ސްޓާލިންކްގެ ސަރަހައްދީ އޮފީހަށް ލިބޭނެ ކަމަށް ސްޓާލިންކުން ބުނެ އެވެ. ނަމަވެސް، އޭގެ ކުރިން ޕާކިސްތާންގައި މަސައްކަތްތައް ފަށާނެ ކަމަށް ވަނީ ބުނެފަ އެވެ.

ސްޓާލިންކުން ބުނާ ގޮތުން އެ ކުންފުނީގެ އިންޓަނެޓު މިހާރުވެސް 125 އަށް ވުރެ ގިނަ ގައުުގައި ބޭނުންކުރެ އެވެ. އަދި ސްޓާލިންކް ބޭނުންކުރާ މީހުން ފަސް މިލިއަނަށް ވުރެ ގިނަ އެވެ.

ސްޓާލިންކުން އިންޑިއާގައި ޚިދުމަތްދިނުމަށް މަސައްކަތް ފަށާފައިވާއިރު، އެ ކަމަށް ގިނަ ދުވަސްތަކެއް ނުނަގާނެ ކަމަށް ޚަބަރުތައް ބުނެ އެވެ. އިންޑިއާގައި ޚިދުމަތްދިނުމަށް ލޯކަލް ނެޓްވޯކްތަކާ އެކު ސްޓާލިންކުން އެއްބަސްވުންތައް ހަދާނެ އެވެ.

ސްޓާލިންކްގެ އިންޓަނެޓް މިހާރު ދިވެހިރާއްޖޭގައި ވެސް ބޭނުންކުރެ އެވެ. މަޝްހޫރު ބޮޑެތި ކުންފުނިތަކުގައި ވެސް ދިރާގައި އުރީދޫގެ ބަދަލުގައި ސްޓާލިންކް ބޭނުންކުރެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345