ދުނިޔެ

އީލޮން މަސްކްގެ އެކްސްއިން އިންޑިއާ ސަރުކާރާ ދެކޮޅަށް ދައުވާކުރަނީ

އީލޮން މަސްކް - އިންޑިއާ ސަރުކާރާ ދެކޮޅަށް ސެންސަރުޝިޕްގެ މައްސަލާގައި ހުށަހެޅި މައްސަލަ ބަލާނީ އިންޑިއާގެ ކޯޓެއްގައި
0%
0%
0%

އީލޮން މަސްކްގެ ސޯޝަމް މީޑިއާ ޕްލެޓްފޯމް، އެކްސްއިން ސެންސަރުޝިޕްގެ މައްސަލާގައި އިންޑިއާ ސަރުކާރާ ދެކޮޅަށް ދައުވާކުރަނީ އެވެ.

އެކްސްއިން ބަޔާނެއްގައި ބުނެފައިވާ ގޮތުން، ސޯޝަލް މީޑިއާގައި -- އެކްސްގައި ވަކި ބަޔަކު ކުރާ ޕޯސްޓްރައް ނެގުމަށް ނުވަތަ ޑިލީޓުކުރުމަށް އެދި އިންޑިއާ ސަރުކާރުން މާގިނައި އެދެނީ އެވެ.

އަދި ޕޯސްޓްތައް ސެންސަރުކުރުމަށް އިންޒާރީ މެސެޖުތައް އެކްސްއަށް ފޮނުވާ ކަމަށްވެސް ވަނީ ބުނެފަ އެވެ.

އިންޑިއާ އަކީ ދުނިޔޭގައި އޮތް އެންމެ ބޮޑު ޑިމޮކްރަސީ އެވެ. އަބާދީގެ ބޮޑުކަމާ ހެދިވެސް، އިންޑިއާ ހިމެނެނީ ސޯޝަލް މީޑިއާގައި މީހުން ޝާއިއުކުރާ ލިޔުންތައް ސެންސަރުކުރަން އެންމެ ގިނައިން އެދޭ ފަސް ގައުމު ތެރޭގައި ކަމަށް އެކްސްއިން ވަނީ ބުނެފަ އެވެ.

އެކްސްއިން ބުނާ ގޮތުން އިންޑިއާ ސަރުކާރުން އެހާ ގިނައިން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ބުރޫއެރުވުމަކީ މައްސަލައެކެވެ. މީހުން ގިނަ އާބާދީތަކުގައި ޚިޔާލު ގިނަވާނެ ކަމާއި ދައްކާނެ ވާހަކަ ހުންނާނެކަން ގަބޫލުކުރަން ޖެހޭ ކަމަށްވެސް އެކްސްގެ ބަޔާނުގައި ބުނެފައިވެ އެވެ.

އީލޮން މަސްގެ އެކްސްއިން އިންޑިއާ ސަރުކާރާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާފައި މި ވަނީ އޭނާގެ އިންޓަނެޓް ކުންފުނި ސްޓާލިންކުން އިންޑިއާއަށް ޚިދުމަތްދިނުމަށް ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގަ އެވެ. އޭނާޣެ ކަރަންޓް ކާރު ކުންފުނި -- ޓެސްލާއިން ވެސް އިންޑިއާގައި ވިޔަފާރި ފަށަން ވަނީ ހަމަޖައްސާފަ އެވެ.

އެކްސްއިން އިންޑިއާ ސަރުކާރާ ދެކޮޅަށް މައްސަލަތަކެއް ކޯޓަށް ވެއްދި ނަމަވެސް މާބޮޑު ވަރުތަކެއް ވާނެ ކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ، އީޅޮން މަސްކާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު އޮންނަ ގާތް ގުޅުމެވެ.

ޑުވަޒީރު މޯދީ އަކީ ޓެކް ސިނާއަތުގައި މަޝްހޫރު ކުންފުނިތަކާ ގުޅުން ރަނގަޅު ލީޑަރެކެވެ. އަދި ޓެކް މުޖުތަމައުގައި ފުންނާބުއުސް ވިޔަފާރިވެރިންނާ އެކު ބޭނުން ކޮންމެ މައުލޫއަކަށް މޯދީ ވާހަކަދައްކަވަ އެވެ.

އެކްސްއިން ބުނާ ގޮތުން ވަކި ބަޔަކަށް އިނާޔަތްތަކެއް ދިނުމަށްޓަކައި އެކްސްގެ ބައެއް އުސޫލުތައް ބަދަލުކުރާ ހިސާބަށް އޮތީ ގޮސްފަ އެވެ. ކޯޓަށް ދާން ޖެހެނީ މިކަން މި ގޮތަށް ނުކޮށް ވާނެ ގޮތެއް ހޯދުމަށް ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެކްސް އަކީ ސެންސަރުޝިޕް މައްސަލާގައި ދޭތެރެ ދޭތެރެއިން އިންޑިއާ ސަރުކާރާ ތޮޅޭ ކުންފުންޏެކެވެ. ބައެއް ފަހަރު އެކްސް ކުށްވެރިވެ ޖޫރިމަނާ ވެސް ވަނީ ދައްކަން ޖެހިފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345