ޑރ. މުހައްމަދު މުއިއްޒު

ކިޔަވަން ދޫކުރާ ލޯނުތައް އިސްލާމީ ހަމަތަކަށް ފައްތަން އަންގަވައިފި

މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތައުލީމާއި ތަމްރީން ހޯދަން ދޫކުރާ ލޯންތައް އިސްލާމީ ހަމަތަކަށް ފެތޭ "ޝަރީއާ ކޮމްޕްލަޔަންޓް" ލޯންތަކަކަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.

ސޯޝަލް މީޑިއާގައި ރައީސް މުއިއްޒު މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަތީ ތައުލީމު ހާސިލްކުރަން ދޫކޮށްފައިވާ ލޯނު ތަކަކީ އިސްލާމީ ހަމަތަކަށް ފެތޭ، ޝަރީއާ ކޮމްޕްލަޔަންޓް ލޯނުތަކަކަށް ހެދުމަށް ބައެއް ކަންކަން ތަންފީޒު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް މިއަދު ދަންނަވާފައިވާނެ ކަމަށެވެ.

ތަންފީޒު ކުރަން ނިންމެވި ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • ރާއްޖެއާ ރާއްޖޭން ބޭރުން ތައުލީމާއި ތަމްރީނު ހޯދުމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ދޫކުރާ ލޯނު ޝަރީއާ ކޮމްޕްލަޔަންޓް ލޯނެއްގެ ގޮތުގައި ހަމަޖެއްސުމުގެ ގޮތުން ލޯނާއެކު ހިމެނިފައިވާ 1 ޕަސަންޓް އެޑްމިނިސްޓްރޭޓިވް ފީ ގެ ގޮތުގައި ނަގަމުންދާ އަދަދު އެއްކޮށް އުނިކުރުން.
  • ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް މިންވަރެއް އިތުރަށް ޗާޖު ނުކުރުން.
  • ކުރިން ލޯނު ނަގައިފައިވާ ފަރާތްތަކުން ދައްކަން ހުންނަ ފައިސާއިންވެސް، އެޑްމިނިސްޓްރޭޓިވް ފީ އުނިކޮށް އެ ދަރިވަރުންގެ ލޯނު އަދަދުތައް އަލުން އެޖަސްޓްކުރުން.

ރާއްޖެ އާއި ރާއްޖޭން ބޭރުގައި މަތީ ތައުލީމު ހާސިލްކުރަން ދޫކުރާ ލޯނުގެ އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި ފަސް ޕަސެންޓް ނަގަމުން ދަނިކޮށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވަނީ އެ އަދަދު ތިން ޕަސެންޓަށް އަދި ފަހުން އެއް ޕަސެންޓަށް ދަށްކޮށްފަ އެވެ.

މަތީ ތައުލީމުގެ ލޯނަށް ކުރިމަތިލާން ހުޅުވާނުލައި ދިގުދެމިގެން ދާތީ ބައެއް މީހުން ގެންދަނީ ކަންބޮޑުވުންވެސް ފާޅުކުރަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345