މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ: މެޓް އޮފީސް

މޫސުން ގޯސް ދުވަހެއްގައި އުޅަނދުތަކެއް ދުއްވާފައި ދަނީ -- ފޮޓޯ: އަވަސް
0%
0%
0%

މިޔަންމާއަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ -- މެޓް އޮފީހުން ބުނެފި އެވެ.

ރާއްޖެ ގަޑިން މިއަދު ހެނދުނު 11:32 ހާއިރު ބިން ހެލުން އައިސްފައިވަނީ މާލެ އާއި 3121 ކިލޯމީޓަރު ދުރުން 7.6 މެގްނެޓިއުޑްގެ ބާރުމިނު ގައެވެ.

އެެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނި ގޮތުން މިއައަންމާއަށް އެކުއެކީގައި ދެ ބިންހެލުމެއް އައެވެ. ފުރަތަމަ 7.7 މެގްނިޓިއުޑްގެ ބިންހެލުމަކަށްފަހު 6.4 މެގްނިޓިއުޑްގެ ބިންހެލުމެއް -- ހަމަ އެ ސަރަހައްދަށް އައި ކަމަށް އެ އިދާރާއިން ބުންޏެވެ.

މަންޒަރު ދުށް މީހުން ބުނާ ގޮތުން މިއަންމާގައި އެތައް އިމާރާތެއް ބިމާހަމަވި އެވެ. އަދި ބިންގަޑު ކަނޑައިގެން ގޮސް، ތާރު މަގުތަކުގައި ބޮޑެތި ވަޅުގަނޑުތައް ހެެދިފައި ހުރި ކަމަށް އޭއެފްޕީން ވަނީ ރިޕޯޓްކޮށްފަ އެވެ.

ސޯޝަލް މީޑިއާގައި ހުރި ވީޑިއޯތަކުން ފެންނަ ގޮތުން، ތައިލޭންޑްގައި އިމާރާތްކުރަން ފަށާފައިހުރި ސްކައިސްރޭޕާއެއް ވަނީ ބިމާ ހަމަވެފަ އެވެ.

ހަބަރުތައް ބުނާ ގޮތުން މި ހާދިސާގައި އިމާރާތުގެ ތެރޭގައި 43 މީހަކު ވަނީ ތާށިވެފަ އެވެ. ބެލެވޭ ގޮތުގައި މިއީ އިމާރާތްކުރަން އުޅުނު މީހުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345