ދުނިޔެ

ބޮޑުވަޒީރު މޯދީއަށް ކޮޅުބުން ތާރީޚީ މަރުހަބާއެއް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ (ވާތުގައި) އަދި ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކޭ -- ދެ ގައުމުގެ ދެމެދުގައި ތާރީޚީ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރައްވާފައި
0%
0%
0%

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ދުވަހުގެ ރަސްމީ ދަތުރެއްގައި ސްރީ ލަންކާއަށް ވަޑައިގެންފި އެވެ. އެ ގައުމުން ބޮޑުވަޒީރު މޯދީއަށް މަރުހަބާ ދެންނެވީ ރަތްދޫލާގައި 19 ބަޑީގެ ސެލިޔުޓަކުންނެވެ.

ބޮޑުވަޒީރު މޯދީއަށް ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ލަންކާގެ ސަރުކާރުގެ އެންމެ ނުފޫޒުގަދަ ފަސް ވަޒީރުންނެވެ. އޭގެ ތެރޭގައި ޚާރިޖީ ވަޒީރު ވިޖިތާ ހެރަތު، ސިއްހީ ވަޒީރު، ނަލިންދާ ޖަޔާސިތާ އަދި މަސްވެރިކަމާ ބެހޭ ވަޒީރު ރަމަލިންގަމް ޗަންދުރަސޭކަރު ހިމެނެ އެވެ.

މޯދީއަށް ރަސްމީ އިއްޒަތުގައި މަރުހަބާ ދެންނެވުން އޮތީ މިއަދު -- ހޮނިހިރު ދުވަހުގެ ހެނދުނު މިނިވަން މައިދާނުއި، ލަންގާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކޭ އެވެ. މިއީ ޑިސަނަޔަކެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ބޭރު ގައުމެއްގެ ވެރިއަކަށް ރަސްމީ ޝަރަފު އެރުވި ފުރަތަމަ ފަހަރެވެ.

ލަންކާ ސަރުކާރުން މޯދީއަށް އެރުވި ޝަރަފުގެ ތެރޭގައި، ބޭރު ގައުމެއްގެ އިއްޒަތްތެރިއަކަށް އެރުވޭ އެންމެ މަތީ ޝަރަފު -- މިތުރާ ވިބުޝަނާ ވަނީ އަރުވާފަ އެވެ.

މޯދީގެ މި ދަތުރުގައި ލަންކާއާ އެކު ވަރަށް މުހިންމު 10 އެއްބަސްވުމެއްގައި ސޮއިކުރައްވާނެ އެވެ. މީގެ ތެރެއިން ވެސް އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ދިފާއި ގޮތުން ހެދޭ އެއްބަސްވުންތަކެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ -- ލަންކާއަށް ކުރައްވާ ދަތުރުގައި އެއްބަސްވުންތަކެއްގައި ސޮއިކުރައްވަނީ

އަދި ހަކަތަ އާއި، ސަލާމަތީ އެއްބަސްވުންތަކުގެ އިތުރުން ލަންކާއަށް ޒަމާނީ ޓެކްނޮލޮޖީ ގެނައުމަށް ހެދޭ އެއްބަސްވުންތައް ހިމެނެ އެވެ.

ނަރެންދުރަ މޯދީ ލަންކާއަށް ވަޑައިގަތީ ތައިލޭންޑްގައި އޮތް ބިމްސްޓެކް މެމްބަރު ގައުމުތަކުގެ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެވެ.

އިންޑިއާ އާއި ލަންކާއާ ދެމެދު ސޮއިކުރެވުނު ރަސްމީ އެއްބަސްވުންތަކަށް ފަހު، ދެ ލީޑަރުން ވަކިން ބައްދަލުކުރައްވައީ، ރަސްމީ މައުލޫތަކަށް އަލިއަޅުއްވާލައިވައި، ޒާތީ ސަމާސާ ކުރެއްވި ކަމަސްވެސް ޕްރެސް ޓްރަސްޓް އޮފް އިންޑިއާއިން ބުނެ އެވެ.

ކޮވިޑާ ގުޅިގެން ލަންކާއަށް އައި ތަދުމަޑުކަމުގައި، އިންޑިއާގެ ފަރާތުން ދިން އެހީތެރިކަމަށް ލަންކާ ސަރުކާރުން ސަނާ ދެންނެވި އެވެ. ހިސާބުތައް ދައްކާ ގޮތުން ރަސްމީ އެހީގެ ގޮތުގައި 4.5 ބިލިއަން ޑޮލަރު އިންޑިއާއިން ވަނީ ދީފަ އެވެ. އަދި ދަރަނި ދެއްކުމުގައި އިންތިހާއަށް ލުއި ގޮތްތަކެއް ވަނީ ހަމަޖައްސައިދީފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910