ދުނިޔެ

އެމެރިކާ ނޭޓޯއާ އެކު ދެމިއޮންނާނެ -- އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ -- އެމެރިކާގެ ދެގޮތެއް ނުވެ ނޭޓޯއާ އެކު ދެމިއޮންނާނެ ކަމަށް ސެކްޓެރަރީ ޖެނެރަލް ވިދާޅުވި
0%
0%
0%

ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސްގެ މަގާމަށް ވަޑައިގަތުމަށް ފަހު ނޭޓޯ ޖަމާއަތް ދޫކޮށްލައްވާނެ ކަމަށް ބުނެ މީޑިއާގައި ދެކެވޭ ވާހަކަތަކުގައި ބުރަދަނެއް ނެތް ކަމަށް، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވެއްޖެ އެވެ.

ރޫބިއޯ ވިދާޅުވި ގޮތުން ކުރިއަށް ވުރެ ހަރަކާތްތެރި ގައުމެއްގެ ގޮތުގައި ނޭޓޯގެ ހަރަކާތްތަކުގައި އެމެރިކާ ބައިވެރިވާނެ އެވެ.

ނަމަވެސް، ރޫބިއޯ ވިދާޅުވީ ނޭޓޯގެ މެމްބަަރު ގައުމުތަކުން އެ ޖަމާއަތަށް ހޭދަކުރާ އަދަދު އިތުރުކުރަން ޖެހޭ ކަމަށެވެ. އެ ގައުމެއްގެ އަސްކަރީ ބަޖެޓުން އެކަށީގެންވާ އަދަދެއް ނޭޓޯއަށް ދިނުމަށްވެސް އޭނާ ގޮވާލެއްވި އެވެ.

ރޫބިއޯ މިހެން ވިދާޅުވީ ނޭޓޯ ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާ އެކު ބުރުސެލްސްގައި، ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމެއްގަ އެވެ.

ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން ވަނީ ނޭޓޯއަށް އިންޒާރުދެއްވައި، އެ ޖަމާއަތުން އެމެރިކާ ބޭރުވާނެ ކަމަށް ވިދާޅުވެފަ އެވެ. ނޭޓޯ މެމްބަރު ގައުމުތަކުން ދައްކަންޖެހޭ ޖިޒީ ލަސްނުކޮށް ނުދައްކާ ނަމަ ނޭޓޯއާ އެކު ދެމިއޮތުމާ މެދު އެމެރިކާ ވިސްނާނެ ކމަށް އޭނާ ވިދާޅުވި އެވެ.

ރޫބިއޯ ވިދާޅުވި ގޮތުން ޓްރަމްޕް އަކީ ނޭޓޯއާ ބީރައްޓެހި ރައީސެއް ނޫނެވެ. ނަމަވެސް، ކަމެއް ނުކުރެވޭ ވަރުގެ ޖަމާއަތެއް އުނގަށްލައިގެން ޚަރަދުކުރައްވަން ޖެހިވަޑައިގަތުމުން ކަންބޮޑުވުންތައް ފާޅުކުރައްވަނީ އެވެ.

ޑޮނަލްޑް ޓްރަމްޕްގެ ވިސްނުން ހުރީ ނޭޓޯއަށް ނިސްބަތްވާ ކޮންމެ ގައުމަކުން، ގައުމީ އުފެއްދުންތެރިކަމުން ފަސް ޕަސެންޓް ނޭޓޯއަށް ހޭދަކުރުމަށެވެ.

ނޭޓޯގެ މެމްބަރު ގައުމުތަކުން ބުނާ ގޮތުން މިއީ ވަރަށް ބޮޑު ހޭދައެކެވެ. ނޭޓޯއަށް ހޭދަކުރަން ބައެއް ގައުމުތަކުން ތިން ޕަސެންޓް ހަމަޖެއްސިދާނެ ކަމަށް ބުންޏަސް -- 32 ގައުމު ހިމެނޭ މި ޖަމާއަތުން ބަރާބަރަށް ޖިޖީ ދައްކަނީ -- 23 ގައުމަކުންނެވެ.

ޓްރަމްޕް ވިދާޅުވަނީ އެމެރިކާއިން ބޮޑު ހޭދައެއް ކުރަން ޖހޭ ގޮތަށް ނޭޓޯގައި އެމެރިކާ ދެމިނޯންނާނެ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910