ރައްޔިތުންގެ މަޖިލިސް

އަޒަރުބައިޖާނަށް ކަނޑައެޅި ނޮން-ރެސިޑެންޓް ސަފީރަށް ރުހުންދީފި

ރާއްޖެއިން އަޒަރުބައިޖާނަށް ކަނޑައެޅި ނޮން-ރެސިޑެންޓް ސަފީރަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.

އަޒަރުބައިޖާނަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ލެފްޓެނަންޓް ޖެެނެރަލް (ރިޓަޔަޑް) އަބްދުއްރަހީމް އަބްދުލްލަތީފްގެ ނަމެވެ.

އަބްދުއްރަހީމް މިވަގުތު ހުންނެވީ ރާއްޖެއިން ތުރުކީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގަ އެވެ.

އަޒަރުބައިޖާނަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އަބްދުއްރަހީމް އައްޔަންކުރަން ފެންނަ ކަމަށް ފާސްވީ ވޯޓުގައި ބައިވެރިވި 66 މެންބަރުންގެ އިއްތިފާގުންނެވެ.

އަޒަރުބައިޖާންގެ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އަބްދުއްރަހީމް އައްޔަންކުރަން ރުހުންދީފައިވާއިރު ރަޝިއާއަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އަބްދުއްރަހީމް އައްޔަންކުރަން މަޖިލީހުން މިއަހަރުގެ މާޗް މަހު ވަނީ ރުހުންދީފަ އެވެ.