ހުޅުމާލެ

އިޒްރޭލް ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެވުން މަނާކުރަން ފާސްކޮށްފި

އިޒްރޭލްގެ ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ފާސްކޮށްފި އެވެ.

އިޒްރޭލްގެ ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނު އިސްލާހު ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.

ރައްޔިތުންގެ މަޖިލީހަށް މިއިސްލާހު ހުށަހެޅީ މިދިޔަ އަހަރުގެ މެއި 29 ވަނަ ދުވަހު އެވެ.

ބިލް ކޮމިޓީއަށް ފޮނުވިތާ އެތައް ދުވަހެއް ފަހުން އިސްލާހު މިއަދު ފާސްކުރީ އިތުރު އިސްލާހުތަކަކާ އެކު އެވެ.

ކޮމިޓީން ގެނައި މައިގަނޑު އިސްލާހަކީ ބިލުގައި އިޒްރޭލް ޕާސްޕޯޓު ގެންގުޅޭ މީހުންނާއި އިޒްރޭލް ޕާސްޕޯޓު އޮންނަ އެހެން ގައުމެއްގެ މީހުންނަށް ވެސް ރާއްޖެ އައުން މަނާވާ ގޮތަށް އޮތް އޮތުން އުނިކުރުމެވެ. ކޮމިޓީން މިހާރު ފާސްކުރީ ހަމައެކަނި އިޒްރޭލު ޕާސްޕޯޓް އޮންނަ މީހުންނަށް ރާއްޖެއަށް ނާދެވޭ ގޮތަށެވެ.

ޕީއެންސީގެ މެޖޯރިޓީ އޮންނަ ކޮމިޓީގެ އިއްތިފާގުން މިއިސްލާހު ފާސްކޮށްފައި މިވަނީ އިޒުރޭލު ޕާސްޕޯޓް މަނާކުރުން ފަސްކުރަމުންދާތީ ބައެއް އާންމުން ސަރުކާރަށް ފާޑުކިޔަމުންދާ ވަގުތެއްގައެވެ.