ކެބިނެޓް

އެއްގަމު ދަތުރުފަތުރަށް ހޭލުންތެރިކުރުވުމަށް ގައުމީ ކެމްޕޭން ފަށަނީ

އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް މީހުން އަހުލުވެރިކޮށް، ހޭލުންތެރިކަން އިތުރުކުރުމަށް މުޅި ރާއްޖެ ޝާމިލުވާ ގޮތަށް ގައުމީ ކެމްޕޭނެއް ފެށުމަށް ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ކަމަށެވެ.

މިފަދަ ކެމްޕޭނެއް ފެށުމަށް ވަޒީރުންގެ މަޖިލީހަށް ކަމާ ގުޅޭ ކަރުދާސް ހުށަހެޅުއްވީވެސް ރައީސް މުއިއްޒު ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

މިކެމްޕޭން ކުރިއަށް ގެންދަން ނިންމާފައިވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަ އާއި މޯލްޑިވްސް ޕޮލިސް ސސާވިސްގެ އެހީތެރިކަމާ އެކު އެވެ.