ޖުމްހޫރީ ޕާޓީން ވަކި ކުރި އެ ޕާޓީގެ ޒުވާނުންގެ ލީގުގެ ރައީސް މޫސާ އަންވަރާއި ނައިބު ރައީސް އަހުމަދު ޣާލިބާއި އެ ލީގުގައި ހިމެނޭ ބައެއް ޒުވާނުން ޕީޕީއެމަށް ސޮއި ކޮށްފި އެވެ.
މިހާރު ކާނިވަލުގައި ކުރިޔަށްދާ ޕީޕީއެމްގެ ޖަލްސާގައި އެފަރާތްތަކުގެ އިތުރުން އދ. ކުނބުރޫދޫ ކައުންސިލްގައި ތިއްބެވި ޖޭޕީއަށް ނިސްބަތްވަތް މެންބަރުންނާއި އަދި އެހެން ބައެއް އަތޮޅުތަކުގެ ރަށްރަށުގެ ކައުންސިލަރުން ވެސް ސޮއި ކުރި އެވެ.
މޫސާ އަންވަރު ޕީޕީއެމަށް ސޮއިކުރީ އޭނާ ޖުމްހޫރީ ޕާޓީގެ ސިޔާސަތުތަކާ ދެކޮޅަށް މަސައްކަތް ކުރާ ކަމަށް ބުނެ އެ ޕާޓީގެ ޒުވާނުންގެ ލީގުގެ ރައީސްކަމުން ވަކިކޮށްފައި ވަނިކޮށެވެ.