ހަބަރު

1412 އަށް ނުގުޅިދާނެ، މައްސަލަ ހައްލުކުރަން މަސައްކަތް ދަނީ ކުރަމުން: ޖެންޑާ

ކުޑަކުދިންނަށް ކުރާ އަނިޔާ ރިޕޯޓުކުރާ ޖެންޑަ މިނިސްޓްރީގެ ހެލްޕްލައިން ކަމަށްވާ " 1412" އަށް ދިރާގު ނަންބަރުތަކުން ގުޅުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ޖެންޑަ މިނިސްޓްރީން ބުނީ، ދިރާގު ނަންބަރުތަކުން 1412 އަށް ގުޅަން މިއަދު އުނދަގޫވެދާނެ ކަމަށެވެ. އެމައްސަލަ ހައްލުކުރުމަށް ދިރާގާއެކު މަސައްކަތްކުރަމުންދާ ކަމަށެވެ. މަސައްކަތް ނިމުމުން އާންމުންނަށް އެކަން އަންގާނެ ކަމަށެވެ.

1412 ފޯނު ނަންބަރަކީ ޖިންސީ އަދި ޖިސްމާނީ އަނިޔާ ލިބޭ ކުދިން އަމިއްލައަށް އެ މައްސަލަތައް ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުމަށް 2009 ވަނަ އަހަރު ލޯންޗްކުރި 24 ގަޑިއިރުގެ ހިދުމަތްދޭ ހެލްޕްލައިން އެކެވެ.