ސިނަ މާލެ ބްރިޖް

ބްރިޖުގެ މަސައްކަތުގައި ވިކްޓްރީ ރެކަށް ގެއްލުމެއް ނުވާނެ: މުއިއްޒު

މޯލްޑިވްސް-ޗައިނާ ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތާއި ގުޅިގެން އެ ސަރަހައްދުގައި ކަނޑު އަޑީގައި އޮތް ވިކްޓްރީ ރެކަކަށް ގެއްލުމެއް ނުލިބޭ ކަމަށާއި އަދި ގެއްލުމެއް ނުވެސް ވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ބްރިޖު މަސައްކަތާއި ގުޅިގެން ވިކްޓްރީ ރެކަށް ގެއްލުން ލިބޭ ކަމަށް ދައްކާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން ކަމަށާއި އެ ރެކަކަށް ބްރިޖު މަސައްކަތުންނެއް އެއްވެސް މަރުހަލާއެއްގައި އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ޑެޕިއުޓީ މިނިސްޓަރު މުއްތަލިބު ވިދާޅުވީ ބްރިޖުގެ މަސައްކަތް ކުރިޔަށް ދަނީ ވިކްޓްރީ ރެކް އޮތް ސަރަހައްދާ 150 މީޓަރު ދުރުން ކަމަށާއި ނަމަވެސް ޑައިވާޒް އެސޯސިއޭޝަން އާ ގުޅިގެން ވީހާވެސް ބޮޑަކަށް އެތަން ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް ކުރާ ކަމަށެވެ.

"ޑައިވާޒް އެސޯސިއޭޝަން އިން ފާޅުކޮށްފައިވާ ކަންބޮޑުވުމަކީ ވެސް އޭގަ އޮންނަ ބޮއެއްގައި އުޅަނދެއް ހިފާފާނެތީ. އެބޭފުޅުންނާއި މަޝްވަރާ ކޮށްގެން އެކަން ހައްލު ކުރުމަަށް މި ވީކެންޑު ތެރޭގައި މި ބަލަނީ އެތާގެ މާކް ކުރެވޭ ބޮއިތަކެއް ލެވޭތޯ އެއީ ނޭނގި ނަމަވެސް ބްރިޖު މަސައްކަތްކުރާ ކޮންޓްރެކްޓަރެއްގެ އުޅަނދެއް ނަގިލި ލައިގެން ވިޔަސް ނުވަތަ އެހެން ގޮތަކުން ވެސް ގެއްލުމެއް ލިބިމުގެ ފުރުސަތެއް ނުދިނުމަށް،" މުއްތަލިބު ވިދާޅުވި އެވެ.

މާލެ ހުޅުލެ ދެމެދުއަޅައި ބްރިޖުގެ މަސައްކަތުގެ ތެރެއިން ޕައިލް ޑްރައިވްގެ މަސައްކަތެވެ. މިނިސްޓަރު ވިދަޅުވީ ބްރިޖުގެ މަސައްކަތްތައް ކުރިޔަށް ދާ ސްޕީޑު ޝެޑިއުލް އަށް ވުރެއް ކުރީގައި އުޅޭ ކަމަށެވެ. އަދި 2018 ވަނަ އަހަރުގެ މިނިވަން ދުވަހަށް ބްރިޖު ހުޅުވުމަށް މަސައްކަތް ކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.