ހަބަރު

ރަންވޭ ނުދިއްލިގެން ކުއްޑޫ އެއާޕޯޓް ބަންދުކޮށްފި

ކުއްޑޫ އެއާޕޯޓް ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.

ކުއްޑޫގެ އޮފިޝަލަކު ވިދާޅުވީ، އެއާޕޯޓް ބަންދުކުރީ ރަންވޭގެ ބޮކިތަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. އެއާޕޯޓްގެ ރަންވޭގެ ބޮކިތައް ނުދިއްލޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެ އޮފިޝަލް ވިދާޅުވި ގޮތުގައި، މިރޭ އެއާޕޯޓަށް ސެޑިއުލްކޮށްފައިވާ ފްލައިޓްތަކުގެ ދަތުރުތައް ވެސް ވަނީ ކެންސަލްކޮށްފަ އެވެ. އެ ފްލައިޓްތަކުގެ ދަތުރުތައް ރީ ސެޑިއުލްކޮށްފައިވަނީ މާދަމާއަށެވެ. އޭނާ ވިދާޅުވީ ރަންވޭގެ ބޮކިތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.