އޮފްބީޓް

މިހާ ބޮޑު ބިސްގަނޑެއް ދުށިންތަ؟

ފަނަރަ ހާސް ބިހުން ތައްޔާކުރި ބިސްގަނޑެއް ވާހަކަ އަޑު އެހިން ހެއްޔެވެ؟ އެއީ ކުރެވޭނެ ކަމެއް ކަމަށް ގަބޫލުކުރަން ހެއްޔެވެ؟ އެކަން މިވަނީ ފްރާންސްގެ ބިސްއިއާ އަވަށުގެ ބަޔަކު ކޮށްފަ އެވެ. ގިނަ ބަޔަކު އެއްވެ ވަނީ އެ ބުރަ މަސައްކަތް ކޮށްފަ އެވެ. ހަމަ ގައިމުވެސް އެހާ ބޮޑު ބިސްގަނޑެއް މީގެ ކުރިން ފެނިފައެއް ނުވާނެ އެވެ.

ހާހެއްހާ މީހުން އެ އަވަށުގައި އެއްވީ އެ ގައުމުގައި ފާހަގަކުރާ ނަސޯރާ ދީނުގެ ފެސްޓިވަލެއް ފާހަގަ ކުރާށެވެ. ފަނަ ހާސް ބިހުން ތައްޔާރުކުރި މި ބިސްގަނޑު އަޅަން ބާރައަށްވުރެ ގިނަ ކައްކާއިން ހަރަކާތްތެރިވި އެވެ.

މި ބޮޑު ބިސްގަނޑު އެޅުމަށް ކައްކާއިން ވަނީ ބޮޑު ތަވައެއް ވެސް ހޯދާފަ އެވެ. ބޮޑު ތަވަޔާއެކު ބޮޑެތި ދޭފަތްތަކެއް ވެސް ކައްކާއިން ހޯދި އެވެ.

ފްރާންސްގައި ފާހަގަކުރާ މި ފެސްޓިވަލަކީ ބިސްގަނޑަށް ހާއްސަ ފެސްޓިވަލެއް ކަމުން މީގެ ކުރިން ވެސް ބޮޑެތި ބިސްގަނޑުތައް އަޅާފައިވެ އެވެ. ނަމަވެސް މިއީ މިހާތަނަށް އެޅި އެންމެ ބޮޑު ބިސްގަނޑެވެ.

މިކަހަލަ ބޮޑެތި ބިސްގަނޑުތައް މީގެކުރިން ޕޯޖުގަލްގައި 2012 ވަނަ އަހަރު އަދި 2010 ވަނަ އަހަރު ތުރުކީގައި ވެސް އަޅާފައިވެ އެވެ. ނަމަވެސް ފްރާންސްގައި އެޅި ބިސްގަނޑާއެކު އެ ރިކޯޑްތައް މިވަނީ މުގުރިފަ އެވެ.