އޮފްބީޓް

"މާމެއިޑް" އަކާއި ވައްތަރު އެއްޗެއް ޕައުޕާ ނިއު ގިނީ ގޮނޑުދޮށަށް ލައްގައިފި

0%
0%
0%

ޕަޕުއާ ނިއު ގިނީގެ ގޮނޑުދޮށަށް "މާމެއިޑް" އަކާއި ވައްތަރު އެއްޗެއް ލައްގައިފި އެވެ.

ގޮތްނޭނގޭ އާދަޔާ ހިލާފު މި "މާމެއިޑް" ފެނިފައިވަނީ ޕަޕުއާ ނިއު ގިނީގެ ބިސްމާކް ކަނޑުގެ ސިމްބެރީ އައިލެންޑްގެ މީހުންނަށެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ލެއްގި އެތީގެ ހަގީގީ ސިފަ އެންމެ ރަނގަޅަށް ސާފު ނުވި ނަމަވެސް މި އެއްޗަކީ ކަނޑު އަޑީގެ މަހްލޫގަކާއި ގާތް ކުރާ އެއްޗެއް ކަމަށް ބައެއް މީހުން ގަބޫލުކުރެ އެވެ.

ގްލޮބްސްޓާގެ ނަމުން މި އެއްޗަށް ނަން ދީފައިވަނީ މިއީ ފަޅުތެރެއަށް ދޮވެލައި ގޮތް ނޭނގޭ ޖަރާސީމީ އެއްޗަކަށް ވާތީ އެވެ.

ގޮތްނޭނގޭ މިއެއްޗެއްގެ އަސްލު ފާހަގަކުރަން ދަތިވަނީ މަރުވެފައިވާ މި އެތީގެ ބޮޑު ބައެއް ކުނި ވެފައި ވާތީ އާއި މި އެތީގެ ހަށިގަނޑުގެ ގިނަ ބައިތައް ދުވަސް ވުމުގެ ސަބަބުން ކަނޑު އަޑިއަށް ގެއްލިފާ ވާތީ ކަމަށް މި އެއްޗެއް ދިރާސާ ކުރާ މީހުން ބުނެ އެވެ.

މި މީހުން ބުނި ގޮތުގައި ލެއްގި އެތީގެ ސައިޒާއި ބަރުދަނާ ބެހޭ އެއްވެސް މައުލޫމާތެއް އަދިވެސް ނޭނގެ އެވެ. އަދި އެއްވެސް މީހަކު ޑީއެންއޭ ސާމްޕަލްއެއްގެ މިންވަރުވެސް އެއްކޮށްފައި ނުވާތީ ރަނގަޅަށް މިއެއްޗެއް ދެނެގަތުމަކީ ކުރަން ވަރަަށް ދަތި ކަމެއް ކަމަށް އެމީހުން ފާހަގަކޮށްފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910