އޮފްބީޓް

ގެއްލުނު ކަހަނބު ފެނުނީ ތިން އަހަރު ފަހުން

ފުލުހުން އަތުލައިގަތް ކަހަނބު
0%
0%
0%

މީގެ ތިން އަހަރު ކުރިން ގެއްލިގެން ރިޕޯޓް ކުރި އެފްރިކަން ކަހަނބެއް އެމެރިކާގެ ފުލުހުން ހޯދައިފި އެވެ.

އޭޕްރީލް 2020 ގައި ގެއްލިގެން ރިޕޯޓް ކުރި އެފްރިކަން ސުލްކަޓާ ކަހަނބު ފުލުހުން ހޯދާފައިވަނީ އޭގެ ވެރިފަރާތުގެ ގެއާ މާ ދުރުނޫން ހިސާބަކުންނެވެ.

އެމެރިކާގެ ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ކަހަނބު ހޯދާފައިވަނީ ވެރިފަރާތުގެ ގެއާ ގާތް ގަނޑަކަށް ފަސް މޭލު ދުރުންނެވެ.

"މި ކަހަނބަކީ ހަމަ ގައިމުވެސް މީހަކު ލޯބި ދީގެން ގެންގުޅުނު ކަހަނބެއްކަން އެނގޭ. ސަބަބަކީ މި ކަހަނބު އަހަރަމެން އޭތީގެ ގައިގައި ފިރުމަން ފުރުސަތުދޭ. ދަތް އަޅާކަށް ނޫޅޭ" އެމެރިކާގެ ފުލުހުން ބުންޏެވެ.

މި ކަހަނބު ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓެއް ކުރިން ކޮށްފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު، ފުލުހުން ވަނީ ވެރިފަރާތް ހޯދައި އޭނާ އާއި ކަހަނބު ހަވާލުކޮށްފަ އެވެ.

އެފްރިކަން ސުލްކަޓާ އަކީ އޭގެ ޒާތުގައި 18 އިންޗިއަށް ދިގުވާ އަދި 30 އާއި 45 ކިލޯއާ ދެމެދުގެ ބަރުމިނަކަށް ބަރުވާ ކަހަނބެކެވެ. އާންމު ގޮތެއްގައި މި ބާވަތުގެ ކަހަނބު ދިރިއުޅޭނީ ގަދަ ހޫނުގެ ތެރޭގަ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން މަގުމަތީގައި އުޅުމުގެ ސަބަބުން މި ކަހަނބަށް ވަނީ ގެއްލުންތަކެއްވެސް ލިބިފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910