ލައިފްސްޓައިލް

މަރުވެފައިވާ އެތައް މިލިއަން މަހެއް ޓެކްސަސްގެ ގޮނޑުދޮށަށް ލައްގައިފި

ޓެކްސަސް ބީޗަށް މަރުވެގެން ލައްގާފައިވާ މަސްތައް
0%
0%
0%

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ޓެކްސަސްގެ ގޮނޑުދޮށަށް މަރުވެފައިވާ އެތައް މިލިއަން މަހެއް ލައްގައިފި އެވެ.

ކުއިންޓާނާ ބީޗަށް ލެއްގި މި މަސް ތަކަކީ ކަނޑުގެ ލޮނުގަނޑު މާބޮޑަށް ހޫނުވެގެން ނޭވާ ހާސްވެގެން މަރުވި މަސްތަކެއް ކަމަށް ކަމާ ބެހޭ އޮފިޝަލުން ވަނީ ބުނެފަ އެވެ.

ޓެކްސަސްގެ ވައިލްޑްލައިފް ޑިޕާޓްމަންޓުގެ އޮފިޝަލުން ބުނި ގޮތުގައި ލޮނުގަނޑު މާބޮޑަށް ހޫނުވުމުގެ ސަބަބުން އެކަށީގެންވާ ވަރަށް އޮކްސިޖަން ނެތުމުން މަސްތަކަށް ނޭވާ ލާން ދަތިވެ މަރުވީ އެވެ.

ހޫނު މޫސުމުގައި މިގޮތަށް އެތައް މިލިއަން މަހެއް މަރުވުމަކީ މިހާރަކަށް އައިސް ވަރަށް އާއްމު ކަމަކަށް ވެފައިވާ ކަމަށް ނިއު ޔޯކް ޕޯސްޓްގައިވާ މި ހަބަރުގައި ބުނެފައި ވެއެވެ.

ގޮނޑުދޮށާ ކައިރީގައިވާ ލޮނުގަނޑު ފުން ކަނޑުގައިވާ ލޮނުގަނޑަށް ވުރެ މާބޮޑުތަން ހޫނުވެ އެވެ. އެހެންކަމުން ގޮނޑުދޮށާ ކައިރީގައި އުޅޭ މަސްތަކަށް ބައެއް ފަހަރު އެ ސަރަހައްދުގެ ލޮނުގަނޑުގެ ހޫނު ގަދަވުމުން އަނބުރާ ފުން ތަނަށް ދާން ދަތިވެ އެވެ. އަދި ގޮނޑުދޮށަށް މަރުވެގެން ލައްގަނީ މިފަދަ މަސްތައް ކަމަށް ކަމާ ބެހޭ މާހިރުން ބުނެ އެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން ޓެކްސަސް ގޮނޑުދޮށަށް މަރުވެފައިވާ ގިނަ އަދަދެއްގެ މަސްތައް ލައްގަމުންދާއިރު ކަމާ ބެހޭ ފަރާތްތަކުން އެ މަސްތައް ނަގައި ގޮނޑުދޮށް ސާފުކުރުމުގެ މަސައްކަތް ވެސް ވަރަށް ބާރު ސްޕީޑްގައި ކުރަމުންދާ ކަމަށް ބުނެފައި ވެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910