ޖިންސީ ގޯނާ

ކުޑަ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މީހަކު ހައްޔަރު ކޮށްފި

ހދ. ކުޅުދުއްފުށީގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

މިރޭ ފުލުހުން ބުނީ އެކި ފަހަރު މަތިން ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މިދިޔަ ހަފްތާ ބުރާސްފަތި ދުވަހު 51 އަހަރުގެ ފިރިހެނަކު ކުޅުދުއްފުށިން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލާގައި ޖިންސީ ގޯނާކޮށްފައިވަނީ އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކަށެވެ. އަދި ހައްޔަރު ކުރީ އެ ރަށު ޒުވާރިމާގެ އަބުދުﷲ އުމަރެވެ. އެނާ ބަންދަށް 10 ދުވަހުގެ މުއްދަތު ކޯޓުން ވަނީ ޖަހައިދީފި އެވެ.