ޖިންސީ ގޯނާ

ކުޑަކުއްޖަަކާއެކު ޖިންސީ އަމަލެއް ހިންގި މީހަކު ހައްޔަރުކޮށްފި

އަށާރަ އަހަރު ނުފުރޭ އަންހެން ކުއްޖަކާއެކު ގެސްޓްހައުސްއެއްގައި ޖިންސީ އަމަލެއް ހިންގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ހިނގައިފައިވަނީ ރޭ ހދ. ކުޅުދުއްފުށީގައި ކަމަށެެވެ. އެ މައްސަލައިގައި މިއަދު ހައްޔަރުކުރީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ތަހުގީގު ހިނގަމުންދާ މައްސަލައަކަށް ވާތީ މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ.

ކުޑަކުއްޖަކު ރޭޕް ކުރި މައްސަލައެއް މިފަހުން ރ. މަޑުއްވަރިންވެސް ފެންމަތިވެފައިވެ އެވެ. ނަމަވެސް އެ މައްސަލައިގައި މިހާތަނަށްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. ނަމަވެސް ތުހުމަތު ކުރެވޭ އެ ރަށު ސްކޫލުގެ ޓީޗަރެއް ވަނީ ވަޒީފާ އިން ސަސްޕެންޑްކޮށްފަ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހުގެ ދަށުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ މިހާރު ޖިނާއީ ބޮޑު ކުށެެކެވެ.