ހަބަރު

އިބްތިހާލްގެ މަންމަގެ ބަންދަށް 15 ދުވަސް

Jan 30, 2015

ވ. ރަކީދޫގައި "މަރާލި" ތިން އަހަރުގެ މުހައްމަދު އިބްތިހާލް މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި އެ ކުއްޖާގެ މަންމަގެ ބަންދަށް 15 ދުވަސް ކޯޓުން ދީފި އެވެ.

އުމުރުން 26 އަހަރުގެ އާފިޔާ މުހައްމަދު މަނިކުގެ ބަންދުގެ މުއްދަތު ޖަހައިދިނީ އެއަތޮޅު ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް މިއަދު އެވެ. ކޯޓުން 15 ދުވަަސް ދިނީ ހޯމް މިނިސްޓްރީން އަންގާ ތަނެއްގައި ބަންދުކޮށްގެން އޭނާގެ މައްޗަށް ތަހުގީގު ކުރުމަށެވެ.

އާފިޔާގެ ބަންދުގެ މުއްދަތު ހަމަވާނީ ފެބްރުއަރީ 14 އިގައެވެ.