ހަބަރު

ޑޯގް ސްކޮޑްގައި ހިމެނެން ޝައުގުވެރިވި ފުލުހުންނަށް މައުލޫމާތު ދީފި

Jan 30, 2015

ފުލުހުންގެ ތެރޭގައި ގާއިމްކުރާ ޑޯގް ސްކޮޑް (ފާރަގެމަ) ނުވަތަ ކޭ ނައިން ސްކޮޑްގައި މަސައްކަތްކުރަން ޝައުގުވެރިކަން ފާޅުކުރި ފުލުހުންނަށް މައުލޫމާތު ދީފި އެވެ.

އިސްކަންދަރު ކޮށީގައި އިއްޔެ ބޭއްވި ސެޝަންގައި ފާރަގެމަ އުފެއްދުމުގެ ބޭނުމާއި މަސައްކަތްތަކާއި ބެހޭގޮތުންނާއި މަސައްކަތްކުރުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި ޑިއުޓީތައް ހަމަޖެހިފައިވާ ގޮތްތަކާ ބެހޭގޮތުން މައުލޫމާތު ދިނެވެ.

އަދި ފާރަގެމައިގައި ހިމެނޭ ފުލުހުންނަށް ދޭ ތަމްރީނުތަކުގެ އިތުރުން ކުއްތާތައް ގެންގުޅުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކާއި ފާރަގެމަ ބޭނުންކުރަމުންދާނެ ދާއިރާތަކާއި ބެހޭގޮތުންވެސް މައުލޫމާތު ދިނެވެ.

މި މައުލޫމާތު ދެއްވީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ އޮޕަރޭޝަންސް ޔުނިޓްގެ ހެޑް، ސަބް އިންސްޕެކްޓަ އޮފް ޕޮލިސް ރަޖުނީ ޝުޢައިބުއެވެ.