ދުނިޔެ

ވައިގެ ހަމަލާތަކެއްގައި އަލް ޝަބާބުގެ ލީޑަރަކު މަރާލައިފި

ހައްދުފަހަނަ އަޅާފައިވާ އަލް ޝަބާބް ޖަމާއަތުގެ އިސް ލީޑަރެއް ކަމަށްވާ ހަސަން އަލީ ދޫރް އަށް އަމާޒުކޮށްގެން އެމެރިކާއިން ވައިގެ ހަމަލާތަކެއް ދީފި އެވެ. މިހަމަލާގައި އޭނާ ވަނީ މަރާލާފަ އެވެ.

މިހަމަލާގައި އެޖަމާއަތުގެ އެހެން މެމްބަރުން މަރުވި ކަމެއް އަދި ނުވާކަމެއް ސާފެއް ނުވެ އެވެ. މިހަމަލާ ދިނީ މިދިޔަ ބުރާސްފަތި ދުވަހެވެ. މިހަމަލާއަށްފަހު އެމރރިކާގެ ޑިފެންސް ޑިޕާޓުމެންޓުން ބުނީ ހަސަން އަލީ ދޫރް މރާލެވިއްޖެނަމަ އަލް ޝަބާބަށް ހަމާލާދީ އެމީހުންގެ ބާރު ކުޑަކޮށްލަން ފަސޭހަވާނެ ކަމަށެވެ.

ހަސަން އަލީ ދޫރް އަކީ އަލް ޝަބާބުގެ އަމްނިއްޔަތު ނޫނީ އިންޓެލިޖެންސް ވިންގުގައި މަސައްކަތް ކުރާ އަދި ސޯމާލިއާގެ ވެރިރަށް މޮގަދިޝޫ އަށް ވަރުގަދަ ހަމަލާތަކެއް ދޭން ރޭވި މީހުންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ހަސަން މަރާލާފައިވަނީ ކެންޔާގެ ބޯޑަރު ކައިރިން ދިން ޑްރޯން ހަމަލާއެއްގަ އެވެ. އެހަމަލާގައި އިތުރު ދެ މީހުންވެސް މަރުވި އެވެ. ހަސަން އަކީ 2014 ވަނަ އަހަރު ކްރިސްމަސް ދުވަހު މޮގަދިޝޫގެ އެއާޕޯޓަށް ހަމަލާދިން މީހުންގެ ތެރޭގައިވެސް ހިމެނޭ މީހެކެވެ. އެހަމަލާގައި ނުވަ މީހުން މަރުވި އެވެ. އޭގެ ތެރޭގައި އޭޔޫގެ ދ ސިފައިންވެސް ހިމެނެ އެވެ. އަދި މިދިޔަ އަހަރުގެ މެއި މަހު މގަދިޝޫގެ ހޮޓަލަކަށް ހަމާލާދީ 24 މީހުން މަރާލި މައްސަލައިގައިވެސް ހަސަން ހިމެނެ އެވެ.

އެމެރިކާ ސިފައިން މިދިޔަ މަހުގެ ތެރޭގައި ދިން ވައިގެ ހަމަލާތަކުގައި އަލްގައިދާ އާއި ގުޅުން ހުރި ޖަމާއަތްތަކަށް ނިސްބަތްވާ 150 އަށްވުރެ ގިނަ ހަނގުރާމަވެރިންވަނީ މަރާލާފަ އެވެ. އަދި މަރުވި ކަމަށް އެމރިކާއިން ބުނި އަލް ޝަބާބުގެ ދެ ލީޑަރެއްވަނީ އޭގެ ފަހުން އާންމުގެ ތެރޭގައި ހަރަކާތްތެރިވަނިކޮސް ފެނިފަ އެވެ.