ހަބަރު

ފުވައްމުލަކުގައި ވަޅި ހަރައި މީހަކު ޒަހަމްކޮށްލައިފި

Jan 31, 2015

ފުވައްމުލަކުގައި ރޭ ހިނގި ހަމަ ނުޖެހުމެއްގެ ތެރޭގައި މީހަކު ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ އެ ރަށުގައި ރޭ ހަމަނުޖެހުމެއް ހިނގާފައި ވަނީ 10:30 އެހާކަންހާއިރު ކަމަށާއި އެ ހާދިސާފައި މީހަކަށް ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެކަން ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ރޭގެ ހަމަލާ އައިސްފައިވަނީ ދެމީހެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިންނެވެ. އެ ހާދިސާގައި ހަމަލާދީފައި ވަނީ ވަޅިންނެވެ.