ހަބަރު

ދަރިފުޅު ބެލުމުގައި އިހުމާލުވި އަންހެނަކު ހައްޔަރުކޮށްފި

Jan 31, 2015

ދަރިފުޅު ބެލުމުގައި އިހުމާލުވި މަންމައަކު ހުޅުމާލެއިން މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ އަންހެނަކު ކަމަށެވެ. އޭނާގެ މައްޗަށް ކުރެވެނީ އޭނާގެ ހަ މަހުގެ ދަރިފުޅު ބެލުމުގައި އިހުމާލުވި ކަމުގެ ތުހުމަތު ކަމަށް ފުލުހުން ބުންޏެވެ.

ދަރިފުޅު ބެލުމުގައި އިހުމާލުވި އަންހެނަކު މިއަދު ހައްޔަރުކޮށްފައިވާއިރު ވ. ރަކީދޫގައި ތިން އަހަރުގެ ކުޑަކުއްޖަކަށް އަނިޔާ ކުރުމުގެ ސަބަބުން އެ ކުއްޖާ މަރުވި މައްސަލައިގައި އެ ކުއްޖާގެ މަންމަ ވަނީ ހައްޔަރުކޮށްފަ އެވެ.