ހަބަރު

މައްސަލަ ހައްލުކޮށް، މުޅި މާލެއަށް ފެން ދޫކޮށްފި

Apr 4, 2016
5

އެމްޑަބްލިއެސްއެސްސީ އަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް ކުރިއެކޭ ވެސް އެއްގޮތަށް މުޅި މާލެއަށް ފެން ދޫކުރަން ފަށައިފި އެވެ. ފެނުގެ ހިދުމަތް އިއްޔެ މެދުކެނޑުނީ ޕްރެޝަރުގައި ފެން ނައުމުގެ މައްސަލަތަކެއް ދިމާވެ، ތިން ވަނަ ފްލޯއިން މައްޗަށް ފެން ކެނޑުމުންނެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ ޑިސްޓްރިބިއުޝަން ޕެނަލްތަކަށް ލިބުނު މައްސަލަ ރޭގެ ދަންވަރުގެ ވަގުތެއްގައި ހައްލު ކުރެވިފައިވާ ކަމަށެވެ. އަދި މިހާރު ތިން ވަނަ ފްލޯއިން ފެށިގެން މަތީގެ ފްލޯތަކަށް ވެސް ކުރިއެކޭ ވެސް އެއްގޮތަށް ޕްރެޝަރުގައި ފެން ލިބޭނެ ކަމަށެވެ. ޕްރެޝަރުގައި ފެން ނުލިބުމުގެ މައްސަލަ ދިމާވީ އެމްޑަބްލިއުއެސްސީ އިން ބުނި ގޮތުގައި މިދިޔަ ހޮނިހިރު ދުވަހު ކަރަންޓް ދިޔުމުގެ ސަބަބުން ބައެއް ޑިސްޓްރިބިއުޝަން ޕެނަލްތަކަށް މައްސަލަ ދިމާވަމުންނެވެ.

ޕްރެޝަރުގައި ފެން ލިބުމަށް މައްސަލަތަކެއް ދިމާވެފައި ހުންނަތާ ހަފްތާއެއްހާ ދުވަސް ވަނީ ވެފަ އެވެ. އެމްޑަބްލިއުއެސްސީ އިން ބުނަނީ އެ މައްސަލަ ދިމާވީ ބައެއް އަޕްގްރޭޑްތަކެއް ހިނގަމުން ދާތީ ކަމަށެވެ.