ހަބަރު

ދެ ޑެޕިއުޓީ ޕީޖީއިން އައްޔަން ކުރާ އިސްލާހު ފާސްކޮށްފި

ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމަށް ދެ ބޭފުޅުން އައްޔަން ކުރެވޭގޮތަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި އެވެ.

ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ހުށަހަޅުއްވާފައިވާ އިސްލާހުގައި ފާސްވުމަށް 35 މެމްބަރުންގެ ވޯޓު ބޭނުންވެއެވެ. މިއަދުގެ މަޖިލީހުގައި މިބިލު ފާސްވީ 50 މެމްބަރުންގެ ވޯޓުންނެވެ. މިބިލަށް ތާއީދު ނުކުރައްވާ 18 މެމްބަރަކު ތިއްބެެވެ.

މި ބިލު ހުށަހަޅަމުން ސައުދު ވިދާޅުވީ މި ބިލުގެ ދަށުން ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލެއް އައްޔަން ކުރުމުގެ ބާރު ގާނޫނުން ލިބިދީފައި ވާނީ ޕްރޮސިކިއުޓާ ޖެނެރަލަށް ކަމަށާއި އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނު މިގޮތަށް ބަދަލުގަނައުމުން ދައުވާ އުފުލުމަށް އެއްވެސް ދަތި ކަމެއް ނާންނާނެ ކަމަށެވެ.

ޑެޕިއުޓީ ޕީޖީއަކީ ޕީޖީ ނެތް ހާލަތްތަކުގައި ޕީޖީގެ މަސްއޫލިއްޔަތު އަދާކުރަން ޖެހޭ ބޭފުޅެކެވެ.