ހަބަރު

މަކަރާއި ހީލަތުން ފައިސާ އަތުލި ދެ މީހަކު ހޯދަން އިއުލާނުކޮށްފި

މަކަރާއި ހީލަތުން ފައިސާ އަތުލި މައްސަލަތަކެއްގައި ދެ މީހުން ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ. އެދެމީހުން ހޯދަނީ ތަފާތު ދެ މައްސަލައެއްގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ހޯދަން އިއުލާނުކޮށްފައިވާ ދެމީހުންނަކީ ޅ. ނައިފަރު، ވެލިދޫގެ، މުހައްމަދު ޝަބިމް (20އ) އާއި ކ. މާލެ، ގ. ޑްރޫޕް، މުހައްމަދު އަދުހަމް (28އ) އެވެ.

މުހައްމަދު ޝަބިމްއާއި މުހައްމަދު އަދުހަމާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މައުލޫމާތެއް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޖެނެރަލް އިންވެސްޓިގޭޝަން ޑީޕާޓްމަންޓްގެ ނަންބަރު 9631696 ނުވަތަ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރަން ފުލުހުން އެދެ އެވެ.