ހަބަރު

ކުޑަކުއްޖަކާ ބެހުނު މީހަކު ކަނޑުމަތީގައި އުޅެނިކޮށް ހައްޔަރުކޮށްފި

Jan 31, 2015

ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ތުހުމަތު ކުރެވުނު 57 އަހަރުގެ މީހާ ހައްޔަރު ކުރީ ކަނޑުމަތިން ކަމަށާއި އެ މީހާއަކީ ދ. ހުޅުދެއްޔަށް ނިސްބަތްވާ މީހެއް ކަމަށެވެ. އަދި ކުޑަކުއްޖާއަކީ ވެސް ހުޅުދެލީ ކުއްޖެއް ކަމަށެވެ.

އެމީހާ ހައްޔަރު ކުރީ މިދިއަ އަންގާރަ ދުވަހު ކުޑަހުވަދޫ ފުލުހުންނާއި ކުޑަހުވަދޫ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސްގެ ޓީމެއް ހުޅުދެއްޔަށް ގޮސް މަޢުލޫމާތު ސާފުކުރަންޖެހޭ ފަރާތްތަކާ ބައްދަލުކޮށް މަޢުލޫމާތު ސާފުކުރުމަށްފަހު ކޯޓު އަމުރެއްގެ ދަށުންނެވެ.

ކަންނެލި މަސްވެރިކަމަށް ނުކުމެ ކަނޑުމަތީގައި އުޅެނިކޮށް އެމީހާ ހައްޔަރު ކުރީ ފުލުހުން ލޯންޗެއްގައި  ގޮހެވެ.