ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޅ. ނައިފަރުން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ރޭޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ މީހެއް ކަމަށެވެ. އެ މީހާގެ ބަންދަށް މިހާރު ވަނީ ބާރަ ދުވަސް ދީފަ އެވެ. އެ މީހާ ހައްޔަރު ކުރި އިރު ދ. ހުޅުދަލީ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ވެސް މިއަދު ވަނީ ހައްޔަރުކޮށްފައެވެ.