ހަބަރު

ތުއްތު ދަރިފުޅާމެދު އިހުމާލުވި މަންމަގެ ބަންދަށް ތިން ދުވަސް

Jan 31, 2015

ހަ މަހުގެ ތުއްތު ދަރިފުޅު ބެލުމުގައި އިހުމާލުވި ކަމަށް ތުހުމަތު ކޮށް ހުޅުމާލެއިން ހައްޔަރު ކުރި މަންމަގެ ބަންދަށް ތިން ދުވަސް ދީފިއެވެ.

މިއަދު ހެނދުނު ހައްޔަރު ކުރި 23 އަހަރުގެ އަންހެންމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިރޭ ކްރިމިނަލް ކޯޓަށް ގެންދިއުމުން ދިނީ ތިން ދުވަހެވެ.

އާއިލަގެ ފަރާތުން ރިޕޯޓް ކުރި މި މައްސަލަައަށްފަހު ތުއްތު ދަރިފުޅު މިހާރުވަނީ ޖެންޑާ މިނިސްޓްރީ މެދުވެރި ވެގެން އެ ކުއްޖާގެ ބައްޕަ ފަރާތު ޢާއިލާއާ ޙަވާލުކޮށްފައެވެ.

ދަރިފުޅު ބެލުމުގައި އިހުމާލުވި އަންހެނަކު މިއަދު ހައްޔަރުކޮށްފައިވާއިރު ވ. ރަކީދޫގައި ތިން އަހަރުގެ ކުޑަކުއްޖަކަށް އަނިޔާ ކުރުމުގެ ސަބަބުން އެ ކުއްޖާ މަރުވި މައްސަލައިގައި އެ ކުއްޖާގެ މަންމަ ވަނީ ހައްޔަރުކޮށްފަ އެވެ.