ޓެކްނޯލޮޖީ

މިހާރު ފޭސްބުކް މެދުވެރިކޮށް ލައިވްކޮށް ބްރޯޑްކާސްޓް ކޮށްލެވޭނެ

ފޭސްބުކްއިން މި އަހަރު ތައާރަފުކުރި ފޭސްބުކް ލައިވް، އާމުންނަށް ބޭނުންކުރެވޭ ގޮތަށް ލޯންޗްކޮއްފި އެވެ.

މީގެ ކުރިން ފޭސްބުކް މެންޝަންސް ބޭނުން ކުރަމުން ގެންދިޔަ ފަރާތްތަކަށް ދެމުން ދިޔަ މި ހިދުމަތް ފޭސްބުކްއިން އާމުންނަށް ލޯންޗުކޮއްދެއްވީ ފޭސްބުކްގެ ޒުވާން ސީއީއޯ މާކްސް ޒަކާބާގްއެވެ. އިއްޔެ މި ޕްރޮޑަކްޓް ލޯންޗު ކޮށްދެއްވުމަށްޓަކައި މާކްސް ޒަކަބާގް ވަނީ ފޭސްބުކް ލައިވް އިން ފޭސްބުކް ބޭނުންކުރާ ފަރާތްތަކާއި ލައިވްކޮށް ބައްދަލުކޮއްފައެވެ. އަދި އޭނާ ވަނީ އެފަރާތްތަކުން ކުރި ސުވާލުތަކަށް ޖަވާބުވެސް ދީފައެވެ.

ފޭސްބުކްއިން ލޯންޗުކުރި މި ޕްރަޑަކްޓްއިން ފޭސްބުކް ގްރޫޕް އަދި އިވެންޓްތަކާއި ކަނެކްޓްކޮށްލެވޭނެ އެވެ. އެގޮތުން ލައިވްކޮށް ވީޑިއޯ ގްރޫޕް ޗެޓްތަށްވެސް ކޮށްލެވި އިވެންޓްތަށްވެސް ފޯނެއްގެ ޒަރިއްޔާއިން ނުވަތަ ޓެބްލެޓެއްގެ ޒަރިއްޔާއިން ލައިވް ކޮއްލެވޭނެ އެވެ.

މި ޕްރަޑަކްޓްއިން ލައިވް ފިލްޓާސް ނުވަތާ ލައިވް އިފެޓްކްސްތަށްވެސް ލައިވް ކުރާ ވަގުތު ބަދަލުކޮށްލެވޭނެ އެވެ. އަދި ހަމަ އޭގެ އިތުރުން މި އަހަރު ކުރީ ކޮޅު ފޭސްބުކްއިން ލޯންޗްކުރި ރިއެކްޝަންތަށް ވެސް ބޭނުންކޮށްލެވޭނެ އެވެ. އަދި ލައިވް ކުރެވޭ ވީޑިއޯއަށް ކޮމެންޓްވެސް ކޮށްލެވޭނެ އެވެ.

މި ޕްރަޑަކްޓް ވެގެން ދާނީ ޖީބުގައި ލައިވް ކެމެރާއެއް ގެންގުޅުން ކަހަލަ ކަމަކަށެވެ. ލައިވް އެއް މީހުންނަށް ދައްކާލުމަށް ވަކި ޓީވީ ޗެނަލެއްގެ ބޭނުމެއްނުވާނެ އެވެ. ކޮންމެ ވަގުތެއްގައި ވެސް ކޮންމެ ތަނެއްގައި ހުރެ ލައިވް ކޮށް މިހާރު ފޭސްބުކްގެ ޒަރިއްޔާއިން ބްރޯޑްކާސްޓް ކޮށްލެވިދާނެ އެވެ.