- އިންޑިޔާ ކަނޑުގެ އެންމެ ފުރިހަމަ ރިސޯޓަށް ކޮންޑްރެޑް
- ލީޑިން ނިއު ރިސޯޓަކަށް އާވީ ނޭޗާ
- ރޮމޭންޓިކް ރިސޯޓަކަށް ބަރޮސް
އިންޑިއާ ކަނޑުގެ އެންމެ ފުރިހަމަ މަންޒިލްގެ އެވޯޑާއެކު "ވޯލްޑް ޓްރެވަލް އެވޯޑުގައި" ރާއްޖެއަށް ރަންވަނަ ތަކެއް ލިބިއްޖެ އެވެ.
ޓޫރިޒަމް ދާއިރާގެ ލަގްޒަރީ އެވޯޑުގެ ގޮތުގައި ބަލާ "ވޯލްޑް ޓްރެވަލް އެވޯޑު" ގައި ހިމެނޭ އިންޑިޔާ ކަނޑުގެ ބައިގައި ރާއްޖެއަށް އެންމެ ހިތްގައިމު ގޮނޑުދޮށެއް އޮތް ގައުމަކަށް ދޭ އެވޯޑު ލިބިފައިވެ އެވެ. މީގެ އިތުރުން ލޯބިވެރިންގެ މެދުގައި މަގުބޫލު "ހަނީމޫން ޑެސްޓިނޭޝަން" ގެ އެވޯޑާއި ފީނުމަށް އެންމެ ހިތްގައިމު މަންޒިލަކަށްދޭ "އިންޑިއަން އޯޝަން ލީޑިން ޑައިވް" މަންޒިލުގެ އެވޯޑު ވެސް ލިބިފައިވަނީ ރާއްޖެއަށެވެ.
އެންމެ ފުރިހަމަ، ހިތްގައިމު މަންޒިލުގެ ގިނަ އެވޯޑުތަކުގެ އިތުރުން ރާއްޖޭގެ ވަކިވަކި ރިސޯޓުތަކަށް ވެސް ގިނަ ވަނަތަކެއް ލިބިފައިވެ އެވެ. އެގޮތުން ރިސޯޓު ތަކަށް ލިބުނު އެވޯޑުތަކުގެ ތެރޭގައި:
- އިންޑިއަން އޯޝަން ލީޑިން ހޮޓެލް ބްރޭންޑަކަށް ކޮންރެޑް މޯލްޑިވްސް
- ލީޑިން ޑައިވް ރިސޯޓަކަށް ކޮންސްޓެންޑް މޫފުށި
- ލީޑިން ފެމެލީ ރިސޯޓަކަށް ސަން ސިޔާމް އިރުފުށި ރިސޯޓް
- ލީޑިން ލެޝާ ހޮޓަލަށް ހުޅުލޭ އައިލެންޑް ހޮޓާ
- ލީޑިން ލަގްޒަރީ ވޯޓާވިލާގެ އެވޯޑު ހުވަފެންފުށި މޯލްޑިވްސް
- ލީޑިން މައިސް ހޮޓަލަށް ކުރުނބާ މޯލްޑިވްސް
- ލީޑިން ނިއު ރިސޯޓަކަށް އާވީ ނޭޗާ ޕެރަޑައިސްއަށް
- ލީޑިން ސީޕްލޭން އޮޕަރޭޓަކަށް ޓީއެމްއޭ
- ލީޑިން އޯޝަން ޓްރެވަލް އެޖެންސީއަކަށް ވާމިލިއަން
- ލީޑިން ރޮމޭންޓިކް ރިސޯޓަކަށް ހޮވުނީ ބަރޮސް އައިލެންޑް ރިސޯޓަށް
މި އެވޯޑުތައް ދިނުމުގެ ހަފުލާ ބާއްވާފައިވަނީ އިއްޔެ ރޭ ޓެންޒޭޏިޔާގަ އެވެ. މި ހަފުލާގައި އެވޯޑުތަކާ ހަވާލުވީ އެ ކުންފުނިތަކުގެ އިސްވެރިންނާއި ޓޫރިޒަމް މިނިސްޓްރީގެ އިސްވެރިންނެވެ.