ހަބަރު

އިންޑިއާގެ ބޮޑުވަޒީރަށް ރައީސް ޔާމިން ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި

އިންޑިއާގެ ކެރެލާގައި ހުރި ފައްޅިއެއްގައި ރޯވެ އެތައް ބަޔަކު މަރުވި ހާދިސާއާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ރައީސް އަބުދުﷲ ޔާމީން ހަމްދަރުދީގެ މެސެޖެއް ފޮނުވައިފި އެވެ. މިހަމަލާގައި އެތައް ބަޔަކުވަނީ ޒަހަމްވެފައިވެސްވެ އެވެ.

އެމެސެޖުގައި ރައީސް ވިދާޅުވީ އެހާދިސާގެ ހަބަރު އެއްސެވީ ކުއްލި ޝޮކަކާއެކު ކަމަށެވެ. އަދި އެމަނިކުފާނުގެ އަމިއްލަ ނަމްފުޅުގައި އާ އަދި ދިވެހި އެންމެހާ ރައްޔިތުންގެ ނަމުގައި، އިންޑިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިހުލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެ އެވެ.

އަދި މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސްގެ މެސެޖުގައި ވަނީ އެދިވަޑައިގަންނަވާފަ އެވެ.